ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދެވަނަ ފްރީ ޒޯން އައްޑޫ ސިޓީގެ ބަނދަރުގައި ގާއިމްކުރަނީ

އެމްޕީއެލްގެ ސީއީއޯ، ރިޝްވާން މަސްވެރިންނާއި ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ބަނދަރުގައި ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމްކުރުމަށް ނިންމާފައިވާކަން ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ އެކުންފުނީގެ ލޮޖިސްޓިކް ހިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ދެއްވާފައިވާކަމަށެވެ. މިއާއެކު ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގެ ފްރީ ޒޯން ކަނޑައެޅުމަށް ފަހު، ދެން އެންމެ އަވަހަށް މި މަސައްކަތް ފެށޭނީ ރާއްޖޭގެ ދެކުނުގައިކަމަށް އެމްޕީއެލް ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވިއެވެ.

މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ.

ރިޝްވާން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އުތުރުގެ ފްރީ ޒޯނުގެ އިތުރުން، ދެކުނާއި މެދުތެރޭގައި ވެސް މިފަދަ ޒޯންތައް ކަނޑައަޅާނެކަން ހާމަކޮށްފައެވެ. މިއީ ސަރުކާރުން އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ދެކުނަށް ދެވޭ އިގްތިސާދީ އިތުރު ބާރެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގައި މިހާރު ވަނީ ފްރީ ޒޯންގެ ޕައިލެޓް މަޝްރޫއުއެއް ފަށާފައެވެ. ފްރީ ޒޯންތަކަކީ، ރާއްޖެއަށް މުދާ ގެނެސް، އެ މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތައްކަމަށްވާއިރު، މިހާރު މި ޒޯނުގައި ޑިއުޓީއަކާއި ނުލައި މުދާ ބެހެއްޓޭނެއެވެ.

ކުޅުދުއްފުށީގެ ފްރީ ޒޯނާއެކު ބަނދަރުން ދޭ ހިދުމަތްތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބޮންޑެޑް ޒޯންތަކުގެ އިތުރަށް، ބޮޑެތި މުދާ ރައްކާކުރެވޭނެ ޖާގަތައް ތައާރަފްކޮށް، އެތެރޭގެ މުދާ އުފުލާ ބޯޓުތަކަށް ހި ދުމަތް ދިނުމަށް ބަނދަރުން ވަކި ސަރަހައްދެއް ވަނީ ހަމަޖައްސާފައެވެ. މިއާއެކު ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހި، ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: