ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ގުޅިފަޅުގެ 1،200 އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވޭ

ގުޅިފަޅު ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1،260 ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން މިހާތަނަށް ދޫކޮށްފި އެވެ.

ގުޅިފަޅުގެ ގޯތީގެ ރަޖިސްޓްރީތައް އަލުން ދޫކުރަމުން ދަނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި އެކުވެ.

މި ބަދަލާއިއެކު، ގިރާވަރުފަޅުން ދޭން ކުރިން ނިންމި ބައެއް ގޯތިތައް މިހާރު ދެނީ ގުޅިފަޅުންނެވެ. އަދޮި ގޯތި ލިބުނު މީހުންގެ ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް އަލުން މަސައްކަތް ކުރިޔަށް ގެންދަނީ އެވެ.

އަލަށް ހަދާ ރަޖިސްޓަރީތަކަށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިދިޔަ މަހު ހުޅުވާލުމުން، ބައެއް ފަރާތްތަކުން ވަނީ އައު އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރިކަމަށް ބުނެ ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ.

ގޯތި ރަޖިސްޓްރީ ދިނުމަށް ހަދާ އާ އެއްބަސްވުންތަކަށް ގެނެވުނު އެއް ބަދަލަކީ، ”މާލެ ސަރަހައްދު“ އަށް ބަދަލުގައި ”ރާއްޖޭގެ އެއްވެސް ސަރަހައްދަކުން“ ގޯތި ލިބިފައި ނުވާ މީހެއް ކަމަށް ހިމެނުމެވެ. މިއީ މައްސަލަ ޖެހުނު އެއް ސަބަބެވެ. އެ މައްސަލައިގައި ބައެއް މީހުން ބުނެފައި ވަނީ ސަރުކާރުން އަމަލުކުރާނެކަމަށް ބުނެފައިވާ ލިޔުމެއް ބަދަލުކޮށް، އަމިއްލަ އަމިއްލައަށް ގޮތް ނިންމުމަކީ، ކޮންޓްރެކްޓާ ބެހޭ ގާނޫނާއި ހިލާފުވުން ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނީ ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހޭނީ ގާނޫނާ ފުށު ނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ. އެގޮތުން ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ސާފުކޮށް ބަޔާން ކުރާކަމަށް ބުންޏެވެ. އަދި ބުނެފައި ވަނީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައުމާއި އެކު ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓު ބަދަލުވެފައިވާ ކަމަށާއި، ގޯތި ދޭނެ ސަރަހައްދުތައް އަލުން ކަނޑައެޅީ ގުރުނަގައިގެން ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަަމުގައި އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރިކަމަށެވެ. އައު އެއްބަސްވުމަކަށް ދާން ޖެހުނު އެއް ސަބަބަކީ އެއީކަމަށް މިނިސްޓްރީން ބުނެއެވެ.

ބިމާ ބެހޭ ގާނޫނުގައިވާ ގޮތުން، ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭނީ، ކުރިން ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ނުވަތަ ސަރުކާރުން ހަދާފައިވާ ފްލެޓެއް ފަދަ ތަނެއް ލިބިފައި ނުވާ މީހުންނަށެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން، އެއްވެސް މީހަކަށް އެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ އެވެ. އަދި ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށެވެ.

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާއި ގުޅެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ވަރަކަށް މިންގަނޑަކަށް ބަލައިގެންނެއް ނޫން ކަމަށެވެ. އެގޮތުން ގޯތި ދޫކޮށްފައިވަނީ އޮންނަންވާ މިންގަނޑަށް ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެންނެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: