ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މާލީ ދަތިތަކުން އަރައިގަތުމަށް ޗައިނާއިންދަނީ އެހީވަމުން!

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށް، ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓުމުގައި ސަރުކާރުގެ ގާބިލުކަން ހުރިކަން ޔަގީންކުރެއްވުމަށް ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ އިލްތިމާސްކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެއާއި ޗައިނާގެ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ސަފީރު ކޮންގް ވިދާޅުވީ، އެތަކެއް ޒަމާންތަކެއްގެ މައްޗަށް ދެމެހެއްޓިގެންދާގޮތަށް ދެ ގައުމަށް މަންފާހުރި ކުރިމަގެއް ބިނާކުރުމަށް ޗައިނާއިން އަހައްމިއްޔަތު ދެއްވާކަމަށެވެ. އަދި މިވަގުތު އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަށަވަރުކުރުން ހިމެނޭކަމަށާއި ކުރު ރާސްތާގެ ތެރޭގައި ހާސިލުކުރުމަށް އެހީތެރިކަން ފޯރުވުމަށް އެދިވަޑައިގަންނަވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައި މާލީ ދަތިކަމުން އަރައިގަތުނުް ހިމެނޭކަމަށް ހިއްސާކުރެއްވިއެވެ.

ސަފީރު ވިދާޅުވީ، ހުރިހާ ފަރާތްތަކުންވެސް އެކަމާއިމެދު ކަންބޮޑުވާކަން ފާހަގަކުރެވޭކަމަށާއި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެގެންދާނީ އިޖްތިމާއީ ގޮތުންނާއި ސިޔާސީގޮތުންވެސް ހަމަޖެހުން ގާއިމުކުރެވިގެންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ކޮންމެހެން ބޭނުންތެރި އިސްލާހުތައް ގެނައުމަށް ޖާގައާއި ވަގުތުވެސް ލިބިގެންދާނީ އެފަދަ މާހައުލެއް ގާއިމުވެގެންކަމަށް ފާހަގަކުރެއްވިއެވެ.

ކޮންގް ވިދާޅުވީ، ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަންކަމުގެ ތެރޭގައި ދަރަންޏާއި ހަރަދުތައް ބޮޑުނުކޮށް ބޭނުންކުރެވޭނެ ފައިސާ މަދުވުމުގެ މައްސަލައަށްވެސް ހިމެނޭކަމަށެވެ. އަދި އެއީ ދަތި އުނދަގޫ މަސައްކަތްތަކެއް ނަމަވެސް މާލީ ދާއިރާގައި ކުރެއްވި މަސައްކަތްތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖެއަށް އެންމެ ރަނގަޅީ ޗައިނާއިން ގެންނަ ހައްލެއްކަން ޔަގީންވެވަޑައިގަންނަވާކަމަށާއި ހައްލުތަކެއް ގެނައުމުގެ މަސައްކަތްތައް ފެށިފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓުމުގައި ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ ގާބިލުކަން ޔަގީންކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މެދުރާސްތާގެ މަސައްކަތްތަކަށް ބަލާއިރު ޗައިނާގެ އެހީގެދަށުން ފަންޑުކުރެވޭ 3 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ފެށުން ހިމެނޭކަމަށް މައުލޫމާތު ދެއްވިއެވެ. ސަފީރު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ހޮސްޕިޓަލާއި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ އިތުރުން 50 ކައުންސިލު އިމާރާތް ބިނާކުރުމުގެ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާކަމަށެވެ. ހޮސްޕިޓަލު މަޝްރޫޢު އޮތީ ބިޑިންގް މަރުހަލާގެ ތެރޭގައިކަމަށްވާއިރު މަގުތައް އަލުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ފީސިބިލިޓީ ބެލުމުގެ މަރުހަލާ ނިމިފައިވާކަމަށެވެ. އަހަރު ނިމިގެންދާއިރު މި ޕްރޮޖެކްޓުތަކުގައި އަމަލީ ސިފަ ޖެހިގެންދާނެކަން ހިއްސާކުރެއްވިއިރު ދެތިން އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިގެންދާނެކަމަށް އިޝާރާތްކުރެއްވިއެވެ.

ދުރުރާސްތާގެ ތަސައްވުރަކަށް ބަލާއިރު ރާއްޖެއަށް ޗައިނާއިން ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓުތައް އިތުރުކުރުމަށް މަސައްކަތްކޮށް އެކަން މެދުވެރިކޮށް އިގްތިސާދީ ސިނާއަތުގެ ހަކަތަ އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖެއަކީ ވަސީލަތް މަދު ގައުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭއިރު އެއީ ގަބޫލުކުރައްވާ ހަގީގަތެއް ނޫންކަމަށާއި ރާއްޖެއަކީ ވަސީލަތްތަކުގެ ގޮތުން މުއްސަނދި ގައުމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: