ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަރުމަނުވިލާތުން އައި ފަތުރުވެރިން އަދަދު ލައްކައިން މައްޗަށް!

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް --- ގޫގުލް އި ިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އައި ޖަރުމަނުވިލާތުގެ ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 5 މާކެޓުންވެސް ލައްކައަކަށްވުރެ ގިނަ މީހުން އައިސްފައިވެއެވެ.

މިހާރު މި ލިސްޓުގެ ތެރޭގައި ޖަރުމަނުވިލާތުވެސް ހިމެނޭއިރު އެ ގައުމުން 101،081 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ މިންވަރަށްވުރެ އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ޗައިނާ ރަޝިޔާ، އިނގިރޭސިވިލާތް އަދި އިޓަލީ ހިމެނެއެވެ. އެންމެ ކުރީގައި އޮތް ޗައިނާއިން 231،33 ފަތުރުވެރިން އައިސްފައިވާކަމަށް ބުނެފައިވެއެވެ. އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1،468،740 އަށް އަރާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އައި މިންވަރަށްވުރެ 9.3 އިންސައްތަ އިތުރު އަދަދެކެވެ.

އޮގަސްޓު މަހުގެ ތެރޭގައި މީގެ ކުރީ މަސްތަކަށްވުރެ ފަތުރުވެރިން އައި އަދަދު އިތުރުކަން ފެނިގެންދެއެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނާގޮތުން މި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 6440 ފަތުރުވެރިން އައިސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: