ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުލުބައިންދަން ގޮވާލި މައްސަލައިގެ ތަހުގީގަށް ގާނޫނީ ލަފާ ހޯދަން ފުލުހުން ޕީޖީ އޮފީހުގައި އެދިއްޖެ

ފުލުހުންގެ އިދާރާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންނަށް އަމާޒުކޮށް މަޖިލީހުގެ ތަޅުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކުގެ މައްސަލަ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ހުށަހަޅާފައި ވާތީ ތަހުގީގުކުރުމަށް ޕީޖީގެ ލަފާއަކަށް އެދިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

މަޖިލީހަށް ހުށައެޅިފައިވާ މީޑިއާ ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުވަނީ ބައެއް ފަރާތްތަކުން ނޫސްވެރިކަމުގެ ނަމުގައި ނަހަމަ އަމަލުތައް ހިންގަމުންދާ މައްސަލައަށް އަލިއަޅުއްވާފައެވެ. އަދި އޭނާއަކީވެސް ދޮގު ހަބަރުތަކެއްގެ ސަބަބުން ދަތިތަކަކާއި ކުރިމަތިލާންޖެހުނު މީހެއްކަންވެސް ހިއްސާކުރެއްވިއެވެ.

މީޑިއާ ރެގިއުލޭޝަން މަސައްކަތްތައް މެދުވެރިކޮށް ސަރުކާރުން ނޫސްވެރިކަމަށް ހުރަސްއެޅުމަށް މަސައްކަތްކުރާކަމުގެ ތުހުމަތަށް އަލިއަޅުއްވައި ފަލާހު ވިދާޅުވީ، އެ ގާނޫނު ފާސްވެގެންދިއުމުން އަދަބުތަކެއް ލިބިގެންދާނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރާ ފަރާތްތަކަށްކަމަށެވެ. އެހެންކަމުން ބިލަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް އިޝާރާތްކޮށް ފަލާހުވަނީ ދޮގު ހަބަރުތައް ފަތުރައި މީހުންނަށް ބޮޑެތި ގެއްލުންތައް ލިބިގެންދާގޮތަށް މައުލޫމާތު ފަތުރާ ފަރާތްތަކަށް ޖަލަށް ލުމުގެ ބަދަލުގައި އުލުބައިންދަންޖެހޭކަމަށް ވިދާޅުފައެވެ.

މިކަމާއި ގުޅިގެން ސޯޝަލްމީޑިއާ މެދުވެރިކޮށް އެކި ފަރާތްތަކުންވަނީ ފަލާހު ދެއްކެވި ވާހަކަތައް ކުށްވެރިކޮށްފައެވެ. ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތައް ހިމެނޭ ޖަމްއިއްޔާއެއްކަމަށްވާ މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން އެމްޖޭއޭއިންވެސްވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި އެ ޖަމްއިއްޔާއިންވަނީ ފުލުހުނުްގެ މުއައްސަސާއަށް މައްސަލަ ހުށައަޅާފައެވެ.

ފުލުހުންވަނީ މިކަމާއި ގުޅިގެން އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ. މިގޮތުން އެމްޖޭއޭ ހުށައެޅި މައްސަލަ ތަހުގީގުކުރުމާއިމެދު ގާނޫނީ ލަފާއެއް ހޯދުމަށްޓަކައި މި މަހުގެ 28 ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށައަޅާފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: