ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުހަބާގެ ޖާފަތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުހަބާ ވިދާޅުވުމުގެ ގޮތުން، ޗައިނާގެ ރައީސްގެ ދެކަނބަލުން އިންތިޒާމުކުރެއްވި ޖާފަތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުކުރު ދުވަހު ޗައިނާއަށް ފުރާވަޑައިގަންނެވީ، 2025 އޮގަސްޓު 29 ވަނަ ދުވަހުގެ ރޭގަނޑުއެވެ.

މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަކީން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއ އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގު ލިޔުއާން އިންތިޒާމުކޮށްގެން، އެސްސީއޯ ސަމިޓުގައި ބައިވެރިވާ ބައިނަލްއަގްވަމީ ޖަމިއްޔާތަކާއި މަލްޓިލޭޓަރަލް އޭޖެންސީތަކުގެ ލީޑަރުންގެ އިތުރުން، އެ ގައުމަށް ޒިޔާރަތްކުރައްވާ ގައުމުތަކާއި ސަރުކާރުގެ އިސްވެރިންގެ ޝަރަފުގައި ބޭއްވި ޖާފަތުގައި، ރައީށް މުއިއްޒު ވަނީ ބައިވެރިވެވަޑައިގަންފައެވެ.

ރައީސް ޑރ މުއިއްޒު މިވަގުތު ޗައިނާއަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅަކީ، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިތުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެއްކަމުން، މިއީ އެމަނިކުފާނު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.


				
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: