ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މިނިވަންކަން ރައްކައުތެރިކުރަން އެއްބާރުލުން ދެމުންދާނަން: ޗައިނާ

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމުގައި އެއްބާރުލުން ދެމުންދާނެކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅުގެ ތެރޭގައި އެ ގައުމުގެ ރައީސް ޝީ ޖިންގްޕިންގްއާއި ބައްދަލުކުރެއްވިކަމަށް އަލިއަޅުއްވައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޯޝަލްމީޑިއާގައި އާންމުކުރި މެސެޖެއްގައި ތަރުޖަމާނު ނިންގް ވިދާޅުވީ، ދެ ގައުމުންވެސް އެއް އަމާޒުތަކަކާއި ތަސައްވުރުތަކެއް ގެންގުޅޭކަމަށެވެ. އަދި ދެ ގައުމުންވެސް ވަކި ހާލަތެއް ބެލުމެއް ނެތި އަނެއް ގައުމާއިއެކު އެއްބައިވަންތަކަންމަތީގައި އޮންނާނެކަމަށެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަށް އިޝާރާތްކުރައްވާ ނިންގް ވިދާޅުވީ، ދެ ގައުމުގެ ރައީސުންވަނީ ގުޅުން އިތުރަށް ވަރުގަދަކުރުުމަށް އަދި އިތުރު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މިގޮތުން ޗައިނާ މޯލްޑިވްސް ކޮމިއުނިޓީއަކާއި ގުޅިފައިވާ ކުރިމަގެއް ބިނާކުރުމަށް ދެ ގައުމުގެ ދެމެދު މަޝްވަރާކުރެވިފައިވާކަމަށެވެ.

އެދުވަހުން މިހާތަނަށް ބެލްޓް އެންޑް ރޯޑް މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އައިއިރު ކުރިއެރުންތައް ހާސިލުކުރެވިފައިވާކަމަށް ހިއްސާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުންވެސް އިތުރަށް ވަރުގަދަވެ ހަރުދަނާވެފައިވާކަމަށާއި ދެ ގައުމުގެ ރައްޔިތުންނަށްވެސް އެކަމުގެ ސަބަބުން މަންފާތައް ލިބެމުންދާކަމަށެވެ.

ނިންގް ވިދާޅުވީ، ޗައިނާއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމުގައި އެއްބާރުލުން ދެމުންދާނެކަމަށެވެ. އަދި ސަރަހައްދީ މިނިވަންކަން ދެމެހެއްޓުމުގައިވެސް އެގައުމުން ރާއްޖެއަށް އެހީތެރިކަން ދެމުންދާނެކަމަށާއި ތަރައްގީގެ އައު ދޮރުތައް ހުޅުވުމަށްޓަކައިވެސް އެ ގައުމުން ރާއްޖެއާއިއެކު މަސައްކަތްކުރަމުންދާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: