ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާރގެ އުފެއްދުންތެރިކަން އިތުރު: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަން 2.5 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން 2024 ވަނަ އަހަރުގެ ފަހު ކުއާޓާރ އާއި އަޅާބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރައިގެންދިޔަ ދުވެލިވަނީ 1.9 އިންސައްތައިން އިތުރުވެފައެވެ.

ފުރަތަމަ ކުއާޓާރގައި އުފެއްދުންތެރިކަން އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ފުޅާވެގެންދިއުމެވެ. އަދި ފަތުރުވެރިކަމާއި ހޯލްސޭލާއި ރީޓެއިލް ދާއިރާވެސް ކުރިއަރާފައިވާއިރު ރިއަލެސްޓޭޓާއި މާލީ ދާއިރާގެ މަސައްކަތްތައްވެސް ހަރުދަނާވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މުއާސަލާތީ ދާއިރާގެ އިތުރުން ޓްރާންސްޕޯޓާއި މަސްވެރިކަމުގެ ދާއިރާއިން ދަށްވުމެއް ފެނިގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ.

2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން 4.5 އިންސައްތައިން ފުޅާވާނެކަމަށް ބެލެވޭއިރު 5.6 އިންސައްތައަށް އެރުމުގެ ފުރުސަތުވެސް އޮތްކަމަށް ބުނެފައިވެއެވެ. ޖޫން މަހުގެ ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ ތެރޭގައި އިންފްލޭޝަން ފާހަގަކުރެވޭ ނުވަތަ ބޮޑެތި އަސަރުތަކެއް ކުރާނެ މިންވަރަށް އިތުރުވެގެން ނުދާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.

ނިމިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ގްރާންޓުތައް ނުހިމަނާ ރާއްޖޭގެ އާމްދަނީ 513.2 މިލިއަން ރުފިޔާ ނުވަތަ 21 އިންސައްތައިން އިތުރުވެފައިވާކަމަށާް ބުނެފައިވެއެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ އިތުރުވެފައިވަނީ ޓެކްސް އާއި އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީވެސް އިތުރުވުމުންކަމަށް ފާހަގަކޮށްފައިވެއެވެ. ޓެކްސްގެ ގޮތުގައި ލިބުނު މިންވަރު 291.2 މިލިއަނުން އިތުރުއިރު ޓެކްސް ނޫން އާމްދަނީ 221.9 މިލިއަނުން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.  ނިމިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހަރަދުތައްވެސް 87.8 މިލިއަނުން ދަށްކުރެވިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: