ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން 2025 މިއަދު ފަށަނީ!

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން 2025
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް 1 ސެޕްޓެންބަރު 205ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި 6 ސެޕްޓެންބަރު 2025ގެ ނިޔަލަށެވެ.

ދަ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 8 ގައުމަކުން 347 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 30 ބައިނަލްއަގުވާމީ ކުޅުންތެރިން ހިމެނެއެވެ. މި ފޯރިގަދަ މުބާރާތުގައި ޖުމްލަ 733 މެޗު ފެނިގެންދާނެއެވެ.

ހަ އުމުރުފުރާއަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ. މީގެ އިތުރުން، އޯޕަން ކެޓަގަރީ، ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް ވަނީ ހިމަނައިފައެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: