ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންނަށް އިންޒާރުތައް ލިބޭކަމަށް ބުނުމުން ކޮމިޓީން އެކަން ބަލަން ފާސްކޮށްފި

މީޑިއާ ބިލާ ގުޅޭގޮތުން މީޑިއާތަކުގެ ކަންބޮޑުވުން ކޮމިޓީއާ ހިއްސާ ކުރުން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންގެ ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދާ ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތައް ލިބެމުންދާތީ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީން ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާތަކާ ބައްދަލުކޮށްފައިވާއިރު، ބައެއް ނޫސްވެރިން ވަނީ މި ބިލާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުންދާތީ އެ ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތައް ލިބެމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ ނޫސްވެރިންނަކީ ކޮން ބައެއްކަން ކޮމިޓީން ސާފު ކުރުމަށްފަހު، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮމިޓީގެ ފަރާތުން އެންގެވުމަށް ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވިއެވެ.

މީގެ އިތުރުން، ކޮމިޓީން ވަނީ ނޫސްވެރިންނަށް އެފަދަ ކަންކަން ދިމާވަމުންދާނަމަ އެކަން ކޮމިޓީއާ ލިއުމުން ހިއްސާކުރުމަށްވެސް އެދިފައެވެ.

އެހެންކަމުން އެ ހުށަހެޅުމަށް ވޯޓަށް އަހައި، މެމްބަރުންގެ އިއްތިފާޤުން ވަނީ ހުށަހެޅުން ފާސްކޮށްފައެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކި ނޫސްވެރިން ވަނީ މިފަދަ ބިލެއް ފާސްކުރުމުގެ ކުރިން އެކަމާ ގުޅޭ ދިރާސާތައް ހެދުން މުހިއްމުކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: