ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޝަން ބިލުދެކެ ބިރުގަންނާނީ ދޮގު ފަތުރަން ރާވައިގެން ތިބި ބަޔަކު: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޝަން ބިލުގެ ސަބަބުން ބައެއްގެ ހިތުގައި ބިރުވެރިކަމެއް އުފެދޭނަމަ ސަބަބަކީ ދޮގުތަކެއް ހަަދަން ރާވައިގެން ތިބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، މިހާރުވެސް ސަރުކާރާއި ގުޅޭގޮތުން ނޫސްތަކުގައި މައުލޫމާތު ޝާއިއުކުރާ އުސޫލުން ގާނޫނު ފާސްވުމުންވެސް ލިޔެވޭނެކަމަށެވެ. ނަމަވެސް ލިޔަންޖެހޭނީ ތެދުބަހުންކަމަށެވެ.

މެމްބަރު ވިދާޅުވީ، ގާނޫނުގެ ސަބަބުން ބައެއްގެ ތެރޭގައި ބިރުވެރިކަމެއް އުފެދިފައިވާނަމަ އެކަން ދިމާވަނީ ދޮގުތަކެއް ހެދުމަށް ޕްލޭންކޮށް ފިތުނަ އުފެއްދުމަށް ރާވައިގެން ތިބުމުންކަމަށެވެ. އެ ހާލަތުގައި ނުތަނަވަސްކަމެއް އޮތުން އެކަށީގެންވާކަމަށް އިޝާރާތްކުރެއްވިއެވެ.

އިބްރާހިމް ވިދާޅުވީ، އެފަދަ ބަޔަކު ބިރުގަތުން އެކަށީގެންވާކަމަށާއި ސަބަބަކީ ދޮގު ވާހަކަތަކެއް ފެތުރުމުގެ ނިޔަތުގައި ތިބުންކަމަށެވެ. އެހެންކަމުން ގާނޫނުގެ ތެރެއިން ޒިންމާތަކެއް ނަގަންޖެހުމުގެ ފުރުސަތު އޮތުމުން އެފަދަ މަގުސަދެއް ހިތުލައިގެން ހުރި މީހެއް ނަމަ ބިރުގަތުން އެކަށީގެންވާކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ގާނޫނެއް ހަދަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ހައްޔަރުކުރުމުގެ ބޭނުމުގައި ނޫންކަން ފެނިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މަޖިލީހަށް ހުށައެޅިފައިވާ ބިލުގައިވާ ޖޫރިމަނާތަކަށްވުރެ ބޮޑެތި އަދަދުތަކުގެ މިހާރު ބްރޯޑްކޮމްއިން އެކުލަވާލާފައިވާ ގަވައިދުތަކުގައިވެސް ހިމެނޭކަމަށެވެ. ނަމަވެސް އޭގަ ހުރި އަދަދުތަކަށްވުރެ އައު ގާނޫނުގައި ހުރި އަދަދުތައްދެކެ ބިރުން އުޅޭކަން ފެނިގެންދާކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ނޫސްވެރިންނަކީ ވަކި ހަމަތަކަކާއި އަހްލާގީ މިންގަނޑެއްގެ ތެރެއިން މުޖުތަމައުގައި ހަރަކާތްތެރިވާންޖެހޭ ބައެއްކަން އެންމެންވެސް ގަބޫލުކުރަންޖެހޭކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ވަކި ކެޓަގަރީއެއްގައި ހިމެނޭ ނޫސްވެރިންނަށް ނޫނީ ރައީސް އޮފީސް ފަދަ މާހައުލުތަކަށް ވަނުމަށް ހުއްދަ ލިބިގެން ނުދާކަންވެސް ހިއްސާކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި އެކަމަށް ޖާގަ އޮތްކަމަށާއި މާދަމާވެސް ބޭނުން މީހަކު މީޑިއާ ފާސް އަޅައިގެން ރައީސް އޮފީހަށް ދިއުމުގެ ފުރުސަުތު އޮތްކަމަށް އިޝާރާތްކުރެއްވިއެވެ.

ބިލުގެ ދަށުން ފާސްކުރެވޭ ގާނޫނުން ބޭރު ގައުމުތަކުގައިހުރި ދާއިރާގެ ރަނގަޅު އުސޫލުތައް އިމްޕޯޓުކުރެވިގެންދާކަމަށް އަލިއެޅުއްވިއެވެ. މިގޮތުން ދާއިރާއިން ތައުލީމު ހާސިލުކުރުން ފަދަ ކަންކަން ކުރެވިގެންދިއުމުން ބައިނަލްއަގުވާމީ މައިދާނުގައިވެސް ބަލައިގަންނަ ފަދަ މީހަކަށް ވެގެންދިއުމުގެ ފުރުސަތު ހުޅުވިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: