ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލު ބޭރުކޮށްލަން ގޮވާލައި މަޖިލީހާއި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފި

މީޑިއާ ރެގިއުލޭޝަން ބިލު ބޭރުކޮށްލުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަން ހުށަހަޅަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަން ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޢުލޫމާތު ދިންގޮތުގައި، ބުދަ ދުވަހު ހުށަހެޅި މި ޕެޓިޝަނުގައި ރާއްޖޭގެ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކޮށްފައިވެއެވެ. މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަނީ ސޮއިކުރައްވާފައެވެ.

އެމްޖޭއޭއިން ކުރިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މީޑިއާތަކުގެ މަޝްވަރާއެއް ހޯދާފައި ނުވެއެވެ. އަދި ބިލު ފަރުމާކޮށްފައިވަނީ މީޑިއާތަކުގެ ޙައްޤުތައް ގެއްލޭގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.މީގެއިތުރުން، ބިލުގައި ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، އަދި ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް ހިމެނިފައިވާކަން އެމްޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް، ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު މި ބިލުން ލިބިދޭކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: