ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ހެލްތު އިންޝިއުރަންސަށް 18.9 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައިވަނީ މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އިންޝިއުރަންސަށް ހޭދަވި ހަރަދުތަކުގެ ތަފްސީލް ހޯދަން އާއްމުންގެ މީހަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާރްޓީއައި ހުށަހެޅެމުންނެވެ. އެއީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮށްފައިވާ ޚަރަދުގެ ތަފްސީލެވެ.
އިންޝުއަރެންސްގެ ގޮތުގައި ކޮށްފައިވާ ޚަރަދުގެ ތަފްސީލު:
-
2014: 562،500ރ
-
2015: 562،500ރ
-
2016: 565،000ރ
-
2017: 1،056،000ރ
-
2018: 1،056،000ރ
-
2019: 2،328،000ރ
-
2020: 2،328،000ރ
-
2021: 2،280،000ރ
-
2022: 2،280،000ރ
-
2023 – މެއި 2024: 2،280،000ރ
-
މެއި 2024 – މެއި 2025: 3،624،000ރ
ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދެނީ މަހަކު 24،000 ރުފިޔާ އެވެ.
އިގްތިސާދީ ގޮތުން ޚަރަދުކުޑަ ކުރުމަށް ސިޔާސީ މީހުންގެ މުސާރަކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިންޝުއަރެންސް ވެސް މިވަގުތު ކަނޑާލުމަށް އެކި ފަހަރުމަތިން ސިޔާސީ ފަރާތްތަކުން ގޮވާލާފައިވެއެވެ.
ސަރުކާރުން ޚަރަދުކުޑަކުރަން ނިންމާފައިވާ ކަންކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވަނީ ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، ޚަރަދު ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާނެ ކަަމަށް ވިދާޅުވެފައެވެ.

