ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ސިގްނަލް ހިއްޕަވައިގެން ވަޑައިގެންނެވި ބޭފުޅާގެ ސިގްނަލްތައް ރަތައް ބަދަލުވެއްޖެ: ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީން ސިގްނަލް ހިއްޕަވައިގެން ވަޑައިގެންނެވި ބޭފުޅާގެ ސިގްނަލްތައް މިހާރު ރަތް ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫދާއިރާގެ މެމްބަރު އަހްމަދުދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދީދީ ވިދާޅުވީ ގްރީން ސިގްނަލް ހިއްޕަވައިގެން ވަޑައިގެންނެވި ބޭފުޅެއްގެ ސިގްނަލްތައް ރަތް ސިގްނަލްއަށް ބަދަލުވާން ފެށި ހިސާބަކީ އެމްޑީޕީން މަގުމައްޗަށް ނިކުންނަންވީ ވަގުތު ކަމަށެވެ. މި ވަގުތަކީ ގްރީން ސިގްނަލް ހިފައިގެން އައި ބޭފުޅާއަށް ރަތް ސިގުނަލްދީ ދޫކޮށްލަންޖެހޭ ވަގުތު ކަމަށް ދީދީ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރައީސް މުއިއްޒަކީ ހަގަގީގަތުގައިވެސް ގިނަ ވައުދުތަކެއް ވެގެން ރައްޔިތުންނަށް ދޮގު ހަދާ، ހުވަފެންތަކެއް ދައްކައިގެން ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އައްޑޫ ސީޓީއަށް ބަލާއިރު އެމްޑީޕީގެ ފަހު އަހަރުގައި ވަރަށް ގިނަ ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އަދި އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ އަދި އިގްތިސޯދީ ރަނގަޅު މަސައްކަތްތަކެއްވެސް ކުރަމުން އައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ކެންޑިޑޭޓެއްގެ ގޮތުގައި ވަޑައިގެން ވިދާޅުވީ މިއަށްވުރެ މާ ރަނގަޅަށް މިއަށްވުރެ މާ ބާރަށް ހުރިހާ ކަމެއް ކުރިއަށް ގެންދާނަމޭ. އެ ޕްރޮމިސްގެ މައްޗަށް ބިނާކޮށް ރައްޔިތުން މީނައަށް ވޯޓު ދިނީ. އެހެންނަމަވެސް އައްޑޫ ސީޓީގައި ހުރިހާ މަސައްކަތެއް ހުއްޓުވައިލައިފި. އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ. ފައިސާ މި ބޭފުޅުންގެ ބާރުގެ ދަށުގައި ނެތް ކަންތައްތަކެއް ވިއްޔާ ކުރިއަށް ދަނީ އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓާއި އެއާޕޯޓުގެ ޕްރޮޖެކްޓު އެކަނި“

ދީދީ ވިދާޅުވީ ރައްޔިތުން ނާއުއްމީދު ވެއްޖެ ކަމަށެވެ. މިހާރުވެސް ރައީސް ވަޑައިގަންނަވަނީ ދޮގު ހިއްޕަވައިގެން ރަށްރަށަށް ކަމަށް ދީދީ ވިދާޅުވިއެވެ. ރަށްރަށަށް ވަޑައިގަންނަވާއިރު މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުވަނީ އެރަށްދާ ހަރަދަށްވުރެ ވެސް ކުޑަ ހަރަދަކުން ބޭއްވޭ އޭޓީއެމް މެޝިން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެއީ ބީއެމްއެލްއިން ކޮމާޝަލް ޕްރޮޖެކްޓެއްގެ ގޮތުގައި ގެންނަ އެއްޗެއް ކަމަށާއި އެހެންނަމަވެސް އެއީ ޕޮލިޓިކަލް ޑިސިޝަންއެއްގެ ގޮތުގައި ދައްކައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: