ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް މުއިއްޒު އަދި ރައީސް ޝީ : ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖެއަށް އެނބުރި ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒު ޗައިނާއަށް ޒިޔާރަތްކުރެއްވީ އެގައުމުގެ ރައީސް ޝީ ޖިންގްޕިންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނި ޝަންޙާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އެހެނިހެން ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާއިރު މުހިންމު މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ އެ ގައުމުގެ ރައީސް ޝީ އާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ގައުމުގެ ލީޑަރުންވަނީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއިމެދު އެއްބަސްވެވޭކަން ހާމަކުރައްވާފައެވެ. ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒުވަނީ އެހެނިހެން ގައުމުތަކުގެ ލީޑަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ހާރިޖީ މަސައްކަތްތައް އިތުރަށް ކުރިއެރުވުމުގެ މަގުސަދުގައި އެޅުއްވި ފިޔަވަޅުތަކެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ނެރެވިފައިވާ ނަތީޖާތަކުގެ ތެރޭގައި ޗައިނާ އަދި ރާއްޖެ ދެމެދު އެމްއޯޔޫތަކެއްގައި ސޮއިކުރެވިފައިވުން ހިމެނޭއިރު އެކި ދާއިރާތަކުން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުތައް ހޯދުމަށް އެއްބަސްވެވިފައިވާކަން ފާހަގަކުރެވެއެވެ. މި މަސައްކަތްތަކުގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީތަކުގެ ލަނޑުދަނޑިތަކާއި ހަމައަށް ވާސިލުވުން ހިމެނެއެވެ.

ޒިޔާރަތުގެ އެންމެ ފަހު ދުވަހު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އެ ގައުމުގެ 80 ވަނަ ވިކްޓަރީ ޑޭ ފާހަގަކުރާ މުނާސަބާގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މިއީ ޗައިނާއަށް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރާ ދުވަހެކެވެ. މި ހަފްލާގައި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: