ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލްގެ ފަޅު ބޭނުންކުރެވޭނެ: އެމްޓީސީސީ

ހެންވޭރު ޓާމިނަލް ސަރަހައްދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްއޭ ސަރަހައްދުގައި އޮންނަ ފަޅު ބަންދުކުރުމާއި ގުޅިގެން އަތޮޅު ފެރީ ހިންގާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅު ބޭނުންކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް އެމްޓީސީސީން ބުނެފައިވާގޮތުން މަޝްރޫޢުގެ ބޭނުމަށް އެ ސަރަހައްދާއި އިންވެފައިވާ ފަޅު މިހާރު ވަނީ ބަންދުކުރެވިފައެވެ. އަދި އެ ސަރަހައްދުގެ ފަޅަކީ ވަރަށް ގިނަ އަދަދެއްގެ އަތޮޅު ލޯންޗު ފެރީތަކުން ބޭނުންކުރާ ފަޅެއްކަމަށްވުމުން ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލްގެ ފަަޅު އެ ފަރާތްތަކަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އަތޮޅު ލޯންޗުތަކުން މީހުން އަރުވައި ބޭލުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލްއާއި އިންވެގެން އޮންނަ ފަޅު ސަރަހައްދުގެ ބޭނުން ހިފޭނެކަމަށާއި ފުރަން ދިހަ މިނެޓަށްވުމުން އެފަދަ ފެރީތަކުން ފަޅަށްވަދެ މީހުން އެރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާކަމަށެވެ.

މި އިންތިޒާމުުގެ ސަބަބުން އެމްއެމްއޭ ސަރަހައްދު ބަންދުކުރުމާއިއެކު އަތޮޅު ފެރީތައް ހިންގާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: