ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަމަ މަގަށް އެޅުވުމުގެ ތަސައްވުރެއް ސަރުކާރަށް ނުދެއްކޭނަމަ، ވެރިމީހާ ބަދަލުކުރުމުގެ ބާރުވެސް އެބަ އޮތް: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހަމަ މަގަށް އެޅުވުމުގެ ތަސައްވުރެއް ސަރުކާރަށް ނުދެއްކޭނަމަ، ވެރިމީހާ ބަދަލުކުރުމުގެ ބާރުވެސް އެބަ އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އެމްޑީޕީއިން މަގުތަކަށް ނިކުންނަށް ޖެހުނު ސަބަބު ވަރަށް ސާފުކަމަށެވެ. އެގޮތުން ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ހަލާކުވެ، ނެތި ގޮސްފައިކަމަށް ފާހަގަކުރެއްވިއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާއިއެކުވެސް އެމްޑީޕީއިން ވަނީ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ރަނގަޅަށް މެނޭޖުކޮށްފައިކަމަށާއި، މިހާރު މިއޮތް ހަލާތަކާއިއެކު އިގްތިސާދު މިހާ ހިސާބަށް އަންނަން ޖެހުނީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުންކަމަށް ނާޒިލް ވިދާޅުވިއެވެ.

ކެނޑިޑޭޓު މުއިއްޒާއި، ރައީސް މުއިއްޒާއި މިއީ ދެ ބޭފުޅުން. ކެނޑިޑޭޓު މުއިއްޒު އޭރު ވިދާޅުވީ، ތިމަން މަނިކުފާނަށް ފައިސާ ގެންނަން އެނގެޔޭ، އަޅުގަނޑު ދަންނަވަނީ މިއަދު ތިހުރީ ޗައިނާގައޭ ތިހުންނެވީ، މިކޮޅަށް ވަޑައިގެން ނުވާނެޔޭ ފައިސާއާއި އެކީގައި ނޫނީ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޗައިނާ ދަތުރު ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި ގައުމަށް ފައިސާ ވައްދަން އެނގޭކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށެވެ. އެހެންކަމުން އަނބުރާ ގައުމަށް ވަޑައިގަންނަވަން ޖެހޭނީ ފައިސާއާއި އެކީގައިކަމަށެވެ.

އިގްތިސާދު ކޮޅަށް ނެގުމަށްޓަކައި، ފެށި ބަންކަރިންގެ ހިދުމަތްވެސް ރަނގަޅަށް ކުރިއަށްނުދާކަމަށް ފާހަގަކޮށް ނާޒިލް ވަނީ ޑިވެލޮޕްމެންޓް ބޭންކުގެ ކަންތައްތަކުގައިވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިކަމާއި ގުޅުންހުރި މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނަށް އެ މަސައްކަތަށް ވެގެން ދިޔަ ގޮތް ވަރަށް ސާފުވާނެކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަންކަރިންގެ ހިދުމަތުން ހޯއްދަވާނެކަމަށް ވިދާޅުވި 400 މިލިއަން ޑޮލަރަށް ވެގެން ދިޔަ ގޮތް ސާފުނުވާކަމަށެވެ.

ނާޒިލް ވިދާޅުވީ 3 އޮކްޓޯބަރު ގައި ބާއްވާ އެމްޑީޕީގެ އެއްވުމުގައި ބައިވެރިވެ ގައުމު އިސްލާހުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށަން ޖެހޭކަމަށެވެ. ނޫންނަމަ ގައުމު އެކީ ބަނގުރޫޓުވެގެން ގޮސްދާނެކަމަށް ފާހަގަކުރެއްވިއެވެ. އެއިރެއްގައި ހުންނަ ވެރިއަކު ކަމުނުދާކަމަށްވާނަ، ވެރިމީހާ ބަދަލުކުރުމުގެ ބާރުވެސް ރައްޔިތުންނަށް އޮންނަކަން ފާހަގަކޮށް ނާޒިލް ވިދާޅުވީ، ނޫނީ ކުރިއަށް އޮތް 3 އަހަރު ދުވަހަށް އިގްތިސާދީ ގޮތުން ގައުމު ހަމަ މަގަށް އެޅުވުމުގެ ތަސައްވުރެއް ރައީސް މުއިއްޒު ގެނެސްދެއްވަން ޖެހޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: