ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޤައުމެއްގެ މިނިވަންކަން ގެއްލިގެންދިއުމުގެ ހިތި ޙަޤީޤަތް: ރައްޔިތުންގެ ބާރު ނެތިގެންދާ މަންޒަރު“

މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހަރަކާތްތެރި ވަނީ : ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމެއްގެ މިނިވަންކަން ގެއްލިގެންދިއުމަކީ ކުއްލިއަކަށް ހިނގާ ކަމެއް ނޫނެވެ. އެއީ ގިނަ ދުވަސްތަކެއްގެ ތެރޭގައި، އެކި ކަންކަމުގެ ސަބަބުން މެދުވެރިވާ ނުރައްކާތެރި ނަތީޖާއެކެވެ. މި ހިޔާލުގައި އަޅުގަނޑު ބަލާލާނީ ޤައުމެއްގެ މިނިވަންކަން ގެއްލިގެންދިއުމުގެ މައިގަނޑު ސަބަބުތަކާއި، އޭގެ ނޭދެވޭ އަސަރުތަކަށެވެ.

ޤައުމެއްގެ މިނިވަންކަން ގެއްލިގެންދިއުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ރައްޔިތުންގެ އަތުން ބާރު ނެތިގެން ދިއުމެވެ. ދިމިޤްރާތީ ނިޒާމެއްގައި ރައްޔިތުންނަކީ އެންމެ މަތީ ބާރުގެ ވެރިންނެވެ. ނަމަވެސް، ޤައުމީ ކަންކަމުގައި ރައްޔިތުންގެ އަޑު އިވިގެން ނުދާ ހިނދު، އެމީހުންގެ ބާރު ނެތިގެންދާ ހިސާބުން، ޤައުމުގެ އެންމެހައި ވަސީލަތްތަކާއި ބާރުތައް ވަކި ފަރާތްތަކެއްގެ އަތްމައްޗަށް ބަދަލުވާން ފަށައެވެ. މިކަމުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގެ ބާރު ރައްޔިތުންގެ ކިބައިން ގެއްލިގެންދެއެވެ.

އިންތިޚާބީ މުއްދަތުގައި ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން ރައްޔިތުންނަށް ގިނަގުނަގުނަ ވަޢުދުތަކެއް ވެއެވެ. މި ވަޢުދުތަކުގެ ތެރޭގައި އިޤްތިޞާދީ ކުރިއެރުމާއި، އިޖްތިމާޢީ ރައްކާތެރިކަން ގެނެސްދިނުމުގެ މަތިވެރި އަމާޒުތައް ހިމެނެއެވެ. އެހެންނަމަވެސް، މި ވަޢުދުތަކަކީ ގިނަ ފަހަރަށް ރައްޔިތުންގެ އަސާސީ ޙައްޤުތައް ހަނިކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުތަކެވެ. ވެރިކަމުގެ ތަޚުތުގައި އިށީނުމަށްފަހު، ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކުގެ ނަމުގައި ޤައުމު ދަރަނިވެރިކޮށް، ރައްޔިތުންގެ މުސްތަޤުބަލު ނުރައްކަލުގެ ތެރެއަށް ވައްޓާލެވެއެވެ.

ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތަކަކީ ޤައުމުގެ މިނިވަންކަން ގެއްލިގެންދިއުމަށް މަގުފަހިވާ ކަންކަމެވެ. މިފަދަ މަޝްރޫޢުތަކުގައި ބޭރުގެ ބިދޭސީ މަސައްކަތްތެރިން ގެނެސް، އެ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ދިނުމުން ރައްޔިތުންނަށް ލިބެންވާ މަންފާ ގެއްލިގެންދެއެވެ. މީގެ ސަބަބުން، ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް މަދުވެ، އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ޤައުމުގެ ވަސީލަތްތަކުން ނާޖާއިޒު ފައިދާ ނެގުމުގެ ދޮރު ހުޅުވިގެންދެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ހަނިވެ، ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެގެންދެއެވެ.

ބޮޑެތި މަޝްރޫޢުތަކުގެ ނަމުގައި ނެގޭ ލޯނުތަކުގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ސީދާ ފައިދާއެއް ނުކުރެއެވެ. އެހެންކަމުން، މި ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި ޤައުމުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހެއެވެ. އަދި ގިނަ ފަހަރަށް މި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ގޮސް، އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވެގެންދެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން ދަށްވެ، ދިރިއުޅުމުގެ ފެންވަރު ދަށަށް ދެއެވެ.

ބޭރުގެ ފަރާތްތަކުން ނަގާ ލޯނުތަކާއި އެހީތަކުގެ ސަބަބުން ޤައުމުގެ މިނިވަން ނިންމުންތައް ނިންމުމުގެ ޤާބިލުކަން ގެއްލިގެންދެއެވެ. ލޯނު ދޭ ފަރާތްތަކުން ޤައުމުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވައި، ޤައުމީ މަޞްލަޙަތާ ފުށުއަރާ ގޮތަށް ނިންމުންތައް ނިންމަން މަަޖުބޫރު ކުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބޭޭރުގެ ނުފޫޒުތައް އިތުރުވެ، ޤައުމުގެ ސިޔާދަތީ ބާރުތައް ހަނިވެގެންދެއެވެ. މީގެ ސަބަބުން ޤައުމުގެ މުސްތަޤުބަލާ ގުޅޭ އިސްތިރާޖީ ނިންމުންތައް ނިންމުމުގައި ބޭރުގެ ފަރާތްތަކުގެ ބަހެއް އޮވެ، ޤައުމީ މިނިވަންކަމަށް އުނިކަން އަންނަން ފަށައެވެ.

ޤައުމެއްގެ މިނިވަންކަން ގެއްލިގެންދިއުމަކީ ހަމައެކަނި ބިމާއި ވަސީލަތްތައް ގެއްލިގެންދިއުމެއް ނޫނެވެ. އެއީ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަން ގެއްލިގެންދިއުމެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ރައްޔިތުން ހޭލުންތެރިކަމާއެކު ޤައުމީ ކަންކަމުގައި ބައިވެރިވެ، އެމީހުންގެ ބާރު ދެމެހެއްޓުމަށް ދެމިތިބެންޖެހެއެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އަމާނާތެކެވެ. އެހެންކަމުން، ވެރިންގެ ވަޢުދުތަކާއި ޢަމަލުތައް ވަޒަންކޮށް، ޤައުމުގެ ދުރު މުސްތަޤުބަލުގެ މަޞްލަޙަތު ހިމާޔަތްކުރުމަށް އަބަދުވެސް ވިސްނުންތެރިކަމާއެކު މަސައްކަތްކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: