ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް 6115 ފަތުރުވެރިން އައި: ޓުއަރިޒަމް މިނިސްޓްރީ

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،115 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 1،492،075 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އޮގަސްޓު މަހު އެކަނި 192،058 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސެޕްޓެމްބަރުގެ ފުރަތަމަ ދުވަހު 5،149 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއް، 73.4 އިންސައްތަ ފަތުރުވެރިން، ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި ހޭދަކޮށްފައިވަނީ 326،000 ފަތުރުވެރިން ނުވަތަ 21.8 އިންސައްތައެވެ. އަދި ހޮޓާތަކުގައި 2.2 އިންސައްތަ ފަތުރުވެރިން ހޭދަކޮށްފައިވާއިރު، ސަފާރީތަކުގައި 2 އިންސައްތަ ފަތުރުވެރިން ހޭދަކޮށްފައިވެއެވެ.

މާކެޓްތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 235،725 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެއީ ޖުމުލަ ފަތުރުވެރިންގެ 11.9 އިންސައްތައެވެ. މީގެއިތުރުން އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުވިލާތް ވަނީ އެންމެ މަތީ ފަސް ގައުމުގެ ތެރޭގައި ހިމެނިފައެވެ. އަދި އިންޑިއާ ވަނީ ހަވަނައިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: