ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ނަމޫނާ އަބަދުވެސް ދަރިވަރުންނަށް ދެއްކުން މުހިއްމު: ފަސްޓެލޭޑީ

ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ނަމޫނާ އަބަދުވެސް ދަރިވަރުންނަށް ދެއްކުން މުހިއްމުކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފަސްޓްލޭޑީ ވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގެ ދަތުރުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ސްކޫލަކީ ގިނަ ދަރިވަރުންތަކެއް ބިނާކުރާ އިލްމީ ”ގަހެއްގެ“ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

އުނގެނުމުގެ ދަތުރަކީ ނިމޭ ދަތުރެއް ނޫންކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ، އިލްމު އުނގެނުމުގެ ނަސީބު ހޯދުމަށް އަބަދުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ވިސްނަން ޖެހޭ ކަންކަންވެސް ހުންނާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަސްޓްލޭޑީ އިތުރަށް ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވުން މުހިއްމު ކަމަށާއި، ކޮންމެ ކުއްޖަކުވެސް އިސްލާމް ދީނަށް ކަމޭހިތުން މުހިއްމު ކަމަށެވެ. އަދި ކޮންމެ ކުއްޖަކުވެސް ޤައުމަށް ވަފާތެރިވުން މުހިއްމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ކުއްޖަކީވެސް އަޙްލާގު ރަނގަޅު، މަސައްކަތްތެރި ކުއްޖަކަށް ވާން ޖެހޭނެ ކަމަށާއި، ކޮންމެ ދަރިވަރަކީވެސް ރާއްޖެއާއި ދުނިޔެއަށް ލޯހުޅުވިފައިވާ ދިވެއްސަކަށްވުން މުހިއްމު ކަމަށެވެ.

ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު، މަސައްކަތްތެރި ހީވަގި އަދި ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވުން މުހިންމު

ހަމައެއާއެކު،  މިކަންކަމަށް ފަރުވާތެރިވެއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށާއި ދުނިޔޭގައި ހަގީގީ މިނިވަންކަން ލިބިގެންދާނެކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ. އަދި ޢިލްމު ހާސިލް ކުރުމަކީ އިންސާނިއްޔަތަށް ލިބޭނެ ހިޔާވައްސެއް ކަމަށާއި އެ ދަރިވަރުންނަކީ ވިސްނުން ތަނަވަސް، ހުރިހާ ރޮނގަކުން ޒަމާނާ ފައިހަމަކުރާނެ ދަރިވަރެއް ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ނަމޫނާ އަބަދުވެސް ދަރިންނަށް ދެއްކުން މުހިއްމުކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެންމެ ފުރަތަމަ ގޭތެރެއިން ދަސްކޮށްދޭން ޖެހޭ މުހިއްމު ހަރުދަނާ ސިފަތައްވެސް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ދީނީ ރިވެތި ސިފަތައްވެސް ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ނިމިދިޔަ އަހަރު އޯލެވެލްގައި ޤައުމީ ގަދަ 10 އެއްގައި ހިމެނުނު އަޙްމަދިއްޔާ ސްކޫލްގެ 64 ދަރިވަރުންނާއި، ސްކޫލް ފެންވަރުގައި އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދީފައެވެ. އަހުމަދިއްޔާ ސްކޫލުން ހުރިހާގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑު 10A ގެ ދަރިވަރުން ޢައިޝަތު އިންޝާ ޢިމްރާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: