ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑީޝަރީގެ ޚާއްސަ ތަސައްވުރެއް އެބައޮތް، އެއީ ޖުޑީޝަރީ ޒަމާނީ ކުރުން: އުއްތަމަފަނޑިޔާރު

އުއްތަމަަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަރީގެ ޚާއްސަ ތަސައްވުރެއް އެބައޮތް ކަމަށާއި، އެއީ ޖުޑީޝަރީ ޒަމާނީ ކުރުމުގެ ޚާއްސަ ތަސައްވުރުކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ކޯޓުތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ޝަރީއަތުގެ ހުރިހާ މަރުޙަލާއެއް ދެފުއް ފެންނަ ގޮތަކަށް ތަރުތީބުވާން ޖެހޭނެކަމަށެވެ. އަދި އެކަމަށްޓަކައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް މުހިއްމު ރޯލެއް އަދާކުރާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، މި ފެށިގެންދިޔައީ އިންސާފުގެ ދަތުރުނާމާ އަދާހަމަކުރުމުގެ މަސައްކަތް ކަމަށާއި، ރާއްޖޭގެ ޖުޑީޝަރީގެ ވަރަށް ޚާއްސަ ތަސައްވުރެއް އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ އެއީ ޖުޑީޝަރީ ޒަމާނީ ކުރުމުގެ ޚާއްސަ ތަސައްވުރު ކަމަށެވެ.

ޖުޑީޝަރީގެ ޚާއްސަ ތަސައްވުރެއް އެބައޮތް، އެއީ ޖުޑީޝަރީ ޒަމާނީ ކުރުމުގެ ޚާއްސަ ތަސައްވުރު

އުއްތަމަފަނޑިޔާރު ވިދާޅުވީ، މިހާރު ބޭނުންކުރަން ފެށި ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު މަސައްކަތުގެ ދުވެލި އަވަސްވާނެ ކަމަށާއި، އަދުލުއިންސާފަށް ވާސިލުވުމުގައި ޚަސްމުން ކުރަންޖެހޭ އިންތިޒާރު ކުޑަވެ، ރައްޔިތުންގެ މެދުގައި މި ނިޒާމަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ. އަދި މައްސަލަތައް ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ޙައްލު އަންނާނެކަންވެސް ފާހަގަ ކުރެއްވިއެވެ.

އައު ނިޒާމާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ނިޒާމު މެދުވެރިކޮށް މައްސަލަތައް ހުށައެޅުމުން ފެށިގެން ދަފްތަރުކުރުމާއި ތާވަލުކުރުން އަދި މައްސަލަތައް ކުރިއަށް ގެންދިއުމުގައިވެސް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މިގޮތުން އެ މަސައްކަތްތައް ކުރުމުުގައި ހޭދަވެގެންދާ ވަގުތުތައް ގިނައިން މަދުކުރެވޭނެކަމަށް އިޝާރާތްކުރެއްވިއެވެ.

ހަމައެއާއެކު، ޒަމާނީ ވަސީލަތްތަކުގެ އެހީތެރިކަން މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ އައު ނިޒާމު މެދުވެރިކޮށް ކޯޓުތަކުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: