ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ ޕްލޭނެއް ހަދަން އެމްޑީޕީން ބައިވެރިނުވުމަކީ ހިތާމަކުރި ކަމެއް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުރު ރާސްތާއަށް ވިސްނައިގެން ގައުމު ތަރައްގީކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެމްޑީޕީން އެއްބާރުލުން ނުދިނުމަށް ނިންމުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގެ ތަރައްގީގެ މިސްރާބު ދެމެހެއްޓިނިވި ގޮތެއްގެމަތިން ކަނޑައެޅުމަށްޓަކައި ދުރު ރާސްތާގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ގާނޫނީގޮތުން ބާރުވެރިކަން ލިބިދިނުމަށްޓަކައި ސަރުކާރުން މަސައްކަތްތައް ކުރަމުންދާއިރު އެމްޑީޕީންވަނީ އެ މަސައްކަތްތަކާއިމެދު އެއްބަސް ނުވެވޭކަން ހާމަކޮށް ބަޔާނެއް ނެރިފައެވެ.

މިކަމަށް އަލިއަޅުއްވައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު މަމްދޫހު ވިދާޅުވީ، އެފަދަ ޕްލޭނެއް އެކުލަވާލުމަކީ ރާއްޖޭގެ ކުރިމަގު ކަށަވަރުކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިފައިވާ ބޭނުންތެރި މަސައްކަތްތަކެއްކަމަށެވެ. އަދި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި ރައްޔިތުންގެ ހައްގުގައިކަމަށް ބުނެ މަސައްކަތްކުރާއިރު އާއި ރައްޔިތުންގެ ފަރާތުން މަސައްކަތްކުރުމަށްޓަކައި ކަމަށް ބުނެ ޕާޓީއެއް އުފައްދައި ސިޔާސީގޮތުން ހަރަކާތްތެރިވާއިރު މިފަދަ ކަމެއްގައި އެއްބާރުލުން ނުދިނުމުން ހިތާމަކުރަންޖެހޭކަމަށެވެ.

މެމްބަރު ވިދާޅުވީ، ޕާޓީގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ އާއި ބަސް ސަރުކާރުން ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލާއިރު ހިމަނަން ބޭނުން ނުވުމަކީ ގައުމީ ވިސްުނުމުންނާއި ސިޔާސީ ވިސްނުމުން ބެލިނަމަވެސް ހިތާމަކުރަންޖެހޭ އަމަލެއްކަމަށެވެ.

މަމްދޫހު ވިދާޅުވިގޮތުން އެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ އާންމު މެމްބަރުންގެ ހިއްސާ ރާއްޖޭގެ އެންމެ ބޮޑު އެއް މަސައްކަތުގައި އޮތުން އެޕާޓީގެ ލީޑަރުންގެ ގޮތުގައި މިވަގުތު ތިއްބެވި ބޭފުޅުންނަށް މުހިންމު ނޫންކަން ބުނެދޭކަމަށެވެ. އަދި އެ ޕާޓީގައި ބިނާކުރަނިވި ވިސްނުމަށް ޖާގައެއް ނެތްކަންވެސް މިކަމުން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: