ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނެއްގެ ނަހަމަ ބޭނުން ހިފާނެކަމަށް ބަލައި އެ ޤާނޫނު ނުހެދުމުން ލިބޭ ގެއްލުން މާ ބޮޑު: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ކޮމިޝަނަށް އައްޔަނުކުރާ މީހުން ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެކަމުގެ ބިރަށްޓަކައި ޤާނޫނެއް ނުހަދާ ބޭއްވުމަކީ ފަހުން އޭގެ ގެއްލުން މާ ބޮޑުވާނެކަމެއް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، ޤާނޫނުއަސާސީ ބިނާވެފައި އޮތީ އިސްލާމް ދީން ހިމާޔަތް ކުރުމަށް ކަމަށާއި، އިންސާނުންގެ އަބުރު ހިމާޔަތް ކުރުމަކީ އިސްލާމް ދީނުގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ.

އެހެންކަމުން އެކަން ކަށަވަރު ކުރުމަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށްވެސް ލާޒިމު ކަމެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ރައްޔިތެއްގެ އަބުރު ގެއްލިއްޖެއްޔާ އެމީހާއަކީ އެއްވެސް މީހަކަށްނުވޭ، ވީމާ އަބުރު ހިމާޔަތްކޮށްގެން އުޅެވެން ޖެހޭނެ

މެމްބަރު ވިދާޅުވީ، ޤާނޫނުތަކާއި ޤަވާއިދުތައް ހަދަނީ ކަންކަން ރެގިއުލޭޓުކޮށް، އަމާންކަން ޤާއިމު ކުރުމަށް ކަމަށާއި، ޤާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެކަމަށެވެ. އަދި ވިދާޅުވީ، މީޑިއާ ކޮމިޝަނަށް މީޑިއާ ތަކުން އައްޔަނުކުރާ މީހުންނާއި އެހެނިހެން ފަރާތްތަކުން ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެކަމުގެ ބިރަށްޓަކައި ޤާނޫނެއް ނުހެދުމަކީ އޭގެ ގެއްލުން މާ ބޮޑުވާނެކަމެއް ކަމަށެވެ.

ދެން އެމީހުން އެބިއުސް ކޮށްފާނެކަމަށްޓަކައި ޤާނޫނު ނުހަދައިފިއްޔާ އޭގެ ސަބަބުން އަނެއްކާ މާ ބޮޑު ގެއްލުމެއް އެވަނީ

މީގެ އިތުރުން، ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އެއްގޮތްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމަށާއި، ބޭނުންތެރި ކަމަކީ އެއަށްވުރެ ރަނގަޅަށް ކަންކަން ކުރުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޑިމޮކްރަޓިކް ޤައުމުތަކުގައިވެސް މީޑިއާތަކަށް ނުދެއްކޭ ޒާތުގެ ވާހަކަ އެބަހުރި ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާއި ބެހޭ ގޮތުން މެމްބަރު ވިދާޅުވީ ރަޖިސްޓްރީކޮށްގެން ގަވައިދުގެ ތެރެއިން މައުލޫމާތު ފަތުރާ ބަޔަކީ، ތެދު ހަދާ ބަޔަކަށް ވާން ޖެހޭނެ ކަމާއި މުވައްސަސާއެއް ރަޖިސްޓަރީކޮށްގެން ދޮގުފަތުރަން ނުވާނެ ކަމަށެވެ. އެކަހަލަ ކަމަކަށް ފުރުސަތު ނުދިނުމަށްޓަކައި އެއްކުރަންޖެހޭ މާއްދާއެއް އެކުރުމަކުން އެކަމުގައި ގޯސްކަމެއް ނެތް ކަމަށާއި އެކަމަށް ނޫސްވެރިން ބިރުގަނެގެން ނުވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: