ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ގުރޫޕުން އެދުނީ މެމްބަރުންގެ ސުވާލުތަަކަށް ޖަވާބުދާރީ ވުމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕީޖީ ގުރޫޕުން ޕިނޭންސް މިނިސްޓްރީއަށް ގޮސް މެމްބަރުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ގޮވާލައިފިއެވެ.

ފިނޭންސް މިނިސްޓަރާއި ބައްދަލުކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ފިނޭންސް މިނިސްޓްރީއަށް ގޮސް އަޑުއުފުލާފައިވާއިރު މިނިސްޓަރ މިވަގުތު ހުންނެވީ ގައުމުން ބޭރުގައެވެ. އެހެންނަމަވެސް މެމްބަރުން ވަނީ އެސަރަހައްދުގައި ފިނޭންސް މިނިސްޓަރަށް އެތައް ސުވާލުތަކެއް އޮތް ކަމަށް ފާގަކުރައްވާފައެވެ.

އެގޮތުން އެ ސަރަހއްދުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރަށް 16 ވަރަކަށް ސުވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ސުވާލުތަކަަށް ގާތްގަނޑަކަށް އަހަރެއް ވާއިރުވެސް އަދިވެސް މިނިސްޓަރ މަޖިލީހަށް ވަޑައިގަތުމަށް އުޒުރުވެރިވެ ނުވަތަ މަޖިލީހުން މިނިސްޓަރ ހާޒިރު ނުކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

”އިނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ މާލީ ހާލަތު، އިގްތިސާދީ ހާލަތު އަދި ދިވެހި ވިޔަފާރިވެރިން މިއަދު ތަހައްމަލު ކުރަމުންދަ ދަތި އުންދަގޫ ހާލަތު، ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުންދަގޫ ހާލަތު ގުޅިފައި މިއޮތީ އިގްތިސާދާއި ފާއިސާޔާ ކަމަށެވެ. މއަށް އަޅުގަނޑުމެންނަށް ޖަވާބެއްދޭށޭ، މި ވާން މިއުޅޭނީ ކިހިނެއް. ގައުމަށް ވާން މިއުޅެނީ ކިހިނެތްތޯ. މި ޖަވާބު ހޯދަން އަޅުގަނޑުމެން އައިސް މިތިބީ“

މިގެއިތުރަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ ކޮންމެ ޗުއްޓީއަކަށް ދާއިރާތަކަށް ވަޑައިގަންނަވާ ކަމަށެވެ. އެ ދަތުރުތަކުގައި ފާހަގަވާ އެއްކަމަކީ ވޭތުވެދިޔަ ދައުރުގައި ބޮޑެތި އުމްރާނީ ތަރައްގީތައް ގެނެސްފައިވާ ކަން ކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހުރިހާ ދުވަސްތަކެއްގަި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެކިގޮތް ގޮތުން ކޮންޓްރެކްޓަރުންގެ ނަމްބަރުތައް ހޯދައިގެން ގުޅާ އިރު މިވާގޮތަކީ އެމީހުންގެ ކުންފުނިތައް ބަނގުރޫޓުވެ ހުއްޓުމަކަށް ގޮސް ދަރަނިވެރިވެފައި މިތިބީ. ލޯނު ދެއްކޭނެ ގޮތެއް ނެތް. މައިގަނޑު ސަބަބަކީ ފިނޭންސް މިނިސްޓްރީގެ ނާގާބިލްކަމުން ނުވަތަ އެ ބޭފުޅުންނަށް މިކަން ކުރާނެ ގޮތް ނޭންގިގެން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުން“

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ ފިނޭންސްއަށް ސުވާލުކޮށްފައިވާ ކަމަށާއި އަދި ބަޖެޓޫ އެކުލަވާލިއިރު ވަރަށް ބޮޑު އެއްޗެއް ޑައިރެކްޓް ސަބްސިޑީއަށް ކަނޑައަޅާފައި އޮތުމުން އެކަމަށް ވެސް ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި އެފައިސާ ހޯދާނެ ގޮތާއި ފަގީރުން ދެނެގަންނާނެ ގޮތާއި ބޮޑު ފޯމިއުލާއެއް ހިމަނާފައި އޮތް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރަށް މެމްބަރުން ވަނީ ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ. އަދި މެމްބަރުންގެ ސުވާލުތަކަށް ޖަވާބެއް ބޭނުންވާ ކަމަށް މެމްބަރުން ދިޔައީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: