ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތައް އުވާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، މަސައްކަތް ކުރަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް: އާދަމް ޝަރީފް

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު. ފޮޓޯ: އެލްޖީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ލާމަރުކަޒީ ނިޒާމާއިމެދު އަމަލުކުރަމުންދާ ގޮތްކަމަށް ބުނެ، ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން އެމަނިކުފާނު ވަނީ، އަތޮޅު ކައުންސިލުތަކުގެ މާ ބޮޑު ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ މި ސަރުކާރުން އަތޮޅުތައް އުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށް، ފާޑު ކިޔުން އަމާޒުކުރަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ ސަރުކާރުގެ ސިޔާސަތު ނޫންކަމަށެވެ. އަދި ވިދާޅުވީ ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ލޭޔާއެއް އިތުރުވުންކަމަށާއި، އަދި މިކަމުގެ ސަބަބުން މާލެއަށް ބަރޯސާވާ މިންވަރުވެސް ވަނީ ބޮޑުވެފައިކަމަށެވެ. މިއީ އެމްޑީޕީގެ ވެރިކަމުގައި ކުރި މަސައްކަތެކެވެ. ވަކި ވަކި ރަށްތަކަށް ކައުންސިލަރުން އިންތިހާބުކުރުމަށްފަހު، އަތޮޅު ކައުންސިލްގައިވެސް ހަމަ އެ ކައުންސިލަރުން ހިމެނުމަކީ ގާނޫނާވެސް ފުށުއަރާ ކަމެއްކަމަށް ވިދާޅުވިއެވެ.

ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއްގެ އިތުރަށް ކުރާ މާ ބޮޑު މަސައްކަތެއް އަތޮޅު ކައުންސިލްގެ ނޯންނަކަމަށް ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ބަދަލު ގެންނަން ބޭނުންވަނީ މިކަމަށްކަމަށެވެ.

ވުޒާރާތަކުގައި ޕާމަނަންޓް ސެކްރެޓަރީން ތިއްބަވާގޮތަށް ޢިލްމީ ގާބިލު ބޭފުޅުން އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިބެންޖެހޭކަމަށް ވިދާޅުވިއެވެ. އެއީ ސިވިލް ސަރވިސްއިން އައްޔަނުކުރައްވާ ބޭފުޅުންކަމަށާއި، އެ ބޭފުޅެއްގެ މަސައްކަތުގެ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: