ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި ކުންފުންޏެއް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އައު ކުރިއެރުމެއް ގެނެސްދޭނެ ފިޔަވަޅެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފިއެވެ. މި ކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ އަސާސީ ބޭސްތަކާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަތުމާއި އެތެރެކުރުމެވެ. މީގެ އިތުރުން، މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މި ކުންފުނިން ކުރިއަށް ގެންދާނެއެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިކަމުގެ ސަބަބުން، ކުންފުނީގެ ހުރިހާ ޙަރަކާތްތަކެއް ބައްޓަންވެގެންދާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަކަށެވެ.

ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ގަނޑުކޮށް ގަތުމުގެ ސަބަބުން، އަގުހެޔޮކޮށް މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެއް ފެންވަރެއްގެ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ރައީސް އުފެއެްދެވި މި ކުންފުނީގެ އަމާޒަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ސަޕްލައި ޗެއިން ހަރުދަނާކޮށް، ބޭހާއި މެޑިކަލް ސާމާނު ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ. މީގެ އިތުރުން، ކުއްލި ޙާލަތްތަކުގައި ބޭނުންވާ މެޑިކަލް ސާމާނު އަވަސް ގޮތެއްގައި ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްވެސް މަސައްކަތްކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: