ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއެޗްއޭއެމް 2025 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އިފްތިތާޙުކޮށްދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2025 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އިފްތިތާޙުކޮށްދެއްވައި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އިވެންޓުކަމަށްވާ އެފްއެޗްއޭއެމް 2025 ގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ އެގްޒިބިޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ.

މި އެގްޒިބިޝަންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އަދި ޝެފްސް ގިލްޑް އޮފް ލަންކާގެ އެއްބާރުލުމާއެކު އިންތިޒާމުކުރެވޭ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖެވެ. މިއީ ދެކުނު އޭޝިއާގައި ބާއްވާ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވެކްސް) ގެ ހަމައެކަނި ކޮންޓިނެންޓަލް ކަލިނަރީ މުބާރާތެވެ. މި އިވެންޓުގައި ދިވެހިރާއްޖެ އަދި މި ސަރަޙައްދުގެ 80 އަށްވުރެ ގިނަ ރިސޯޓު، ހޮޓާ އަދި ރެސްޓޯރަންޓުތަކުން 500 އަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ.

މި އަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ފަނޑިޔާރުންގެ ޕެނަލެއް ހިމެނެއެވެ. މީގެ ތެރޭގައި ވެކްސްގެ އިމީޑިއެޓް ޕާސްޓް ޕްރެޒިޑެންޓް ޝެފް ތޯމަސް ގުގްލަރ އާއި އެކު ޖެރާޑް މެންޑިސް، އުވެ މިޝެލް، ދިމުތު ކުމާރަސިންގެ އަދި އިސްޙާޤު ޞާލިޙު ހިމެނެއެވެ. މިއީ ރާއްޖޭގެ އަދި ބޭރުގެ ކާބޯތަކެތީގެ ވިޔަފާރީގެ އިސްވެރިން ޝެފުންނާ ބައްދަލުކޮށް، މި ދާއިރާގެ ބޭނުންތައް ދެނެގަތުމަށް މުހިންމު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެފްއެޗްއޭއެމް 2025 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން ކުރިއަށްދާނީ 7 – 9 ސެޕްޓެންބަރު 2025 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: