ރައްޔިތުންގެ މަޖިލީޖިލީހުން މެމްބަރުން އެއްވެސް ގޮތަކަށް މީޑިއާތައް ކޮންޓްރޯލް ކުރަން ނޫޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ފަޒީލް ވިދާޅުވީ މިހާރު މީޑިއާގައި މިއޮތް ހާލަތަކީ ރަނގަޅޫ ހާލަތެއް ނޫން ކަމަށެވެ. ހާއްސަގޮތެއްގައި ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލާއިރު، ފެންނާނީ އަބަދުވެސް ބޭއަދަބީ މަންޒަރުތަކާއި އެފަދަ ކަންކަން ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި ޕްލެޓްފޯމުތަކުގައި މީހުންނަށް ނުބެލޭ ފެންވަރުގެ ވާހަކަތަކެއް ފެނިގެންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ނޫސްތަކަށް ބަލާއިރުވެސް ހަގީގަތާއި ހިލާފު ދޮގު ވާޙަކަތައް ވަރަށް ގިނައިން ލިޔެފައިވާ ކަމަށެވެ. ދޮގުވާހަކަތައް ފަތުރާ އަދި މުޖުތަމައުގައި ފިތުނަމަ ފަސާދަ އުފެދޭ ގޮތަށް ހަބަރު ފެތުރުމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް މެމްބަރު ފަޒީލް ވިދާޅުވިއެވެ. އެހެންކަމުން އެ މީޑިއާތައްވެސް ރެގިއުލޭޓް ކުރެވެން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
”މީސަލަކަށް މީގަ އަހަރުތަކެއް ކުރިން 15 ވަރަކަށް އަހަރުކުރިން މި ކިޔާ މަލްޓި ޕާޓީ ސިސްޓަމް ލިބުނީ. ޑިމޮކްރަސީއެއް އައިސްގެން ރައީސްކަން ކުރައްވާފައިވާ ހުރިހާ ފަރާތްތަކަށްވެސް އެބަހުރި ވަރަށް މާތް ލަގަބުތަކެއް ދެއްވާފަ. އަޅުގަނޑުއެއް ގޮތަކަށް ވެސް އެ ލަގަބުތަކެއް ކިޔާކަށް ނެތިން. އެ ލަގަބުތައް މި ރާއްޖޭގައި ހަމަ ލައިވްކޮށް ގެންނަ ޕްރޮގްރާމްތަކުގައި އެބަހުއްޓޭ ކިޔާފަ. އެވަރަށް ދިޔައިމާ ކަމަކު ނުދާނެ“
މެމްބަރު ވިދާޅުވީ މީހުންގެ ނަމަށް ހުތުރުވާގޮތަށް ދޮގު ހަބަރުތައް ފެތުރުމަކީ ޒިންމާާރު ކަމެއް ނޫން ކަމަށާއި، އެއަށް ވުރެ ނޫސްވެރިން ނުވަތަ މީޑިއާތައް ޒިންމާ ދާރު ވާން ޖެހޭ ކަމަށެވެ. މިއީ އިސްލާމީ މުޖުތަމައެއް ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ހަބަރި ފެތުރުމުގައިވެސް އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ތެދު ހަބަރު ފަތުރަން ޖެހޭ ކަމަށެވެ.
މެމްބަރު ވިދާޅުވީ އެއްވެސް ގޮތަކަށް މަޖިލީހުގެ މެމްބަރުން މީޑިއާތައް ކޮންޓްރޯލް ކުރަން ނޫޅުއްވާ ކަމަށާއި ކޮންތްރޯލް ކުރުމޭ ބުނުމުން މާނަ ވަރަށް ބޮޑަށް ބަދަލުވާ ކަމަށެވެ.

