ގިނަ ތަފާތު ބަދަލުތަކާއިއެކު އެޕަލްއިން އައިފޯނުގެ 17ގެ ސީރީސް ލޯޯންޗްކޮށްފިއެވެ.
މިއަހަރުގެ އެޕަލް އިވެންޓުގައި ވަނީ އެޕަލް ވޮޗް ، އެއަރޕޮޑްސް އަދި އައިފޯން 17 ދައްކާލައިފައެވެ. އެގޮތުން އެޕަލް ވޮޗް ސީރީސް 11 މިފަހަރު ލޯންްކޮށްފައިވާއިރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާތަނަށް ނެރުނު އެންމެ ތުނި އެޕަލް ވޮޗް އަކީ ސީރީސް 11 ގެ ވޮޗެވެ. ކުންފުނިން ބުނެފައިވަނީ މި ވޮޗްގެ ކޭސްތައް ޓައިޓޭނިއަމް އަދި 100 ޕަސެންޓު ރީސައިކަލް ކުރެވިފައިވާ އެލްމިނިއަމްއިން ލިބެން ހުންނާނެ ކަމަށެވެ. އަދި ޓައިޓޭނިއަމް ކޭސްތަކުގެ ކުލަތަކުގެ ތެރޭގައި ޖެޓް ބްލެކް، ސިލްވާ، ރޯޒް ގޯލްޑް، ސްޕޭސް ގްރޭ، ނެޗުރަލް، ގޯލްޑް، އަދި ސްލޭޓް ހިމެނޭ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.
މި ވޮޗްގައި ހިމަނާފައިވާ އައު ޕީޗާ ތަކުގެ ތެރޭގައި، ”ސްލީޕް ސްކޯ“ ފީޗާ ހިމެނެއެވެ. މިއީ ނިދީގެ ފުންމިނާއި، ނިދީގައި ހޭލެވޭ އަދަދު އަދި ނިދީގެ އެކި މަރުހަލާތައް ދެނެގަނެ، ނިދީގެ ފެންވަރު ވަޒަންކޮށްދޭ ޕީޗާއެކެވެ. އަދި ލޭގެ ޕްރެޝަރު މޮނިޓަރިންނާއި، 5ޖީ ސެލިއުލާ ޓެކްނޮލޮޖީހިމެނެއެވެ. އެ ވޮޗްގައި އަލި އިތުރަށް ގަދަކޮށް، އޭގެ ސްޕީކަރުތައް ވެސް އިތުރަށް އަޑު ބާރުކޮށް އިބޭނެ ގޮތަށް ވަނީ ބަދަލުތައް ގެނެސްފައެވެ. ކަސްރަތާއި ހާއްސަ ސިއްހީ ލަފާތައް ދޭނެ އޭއައި ”ވޯކްއައުޓް ބަޑީ“ ނަމަކަށް ކިޔާ އާ ފީޗާއެއް ވެސް ވަނީ ހިމަނާފައެވެ.

އެޕަލްގެ އިވެންޓުގައި ކުންފުނީގެ އައު އިޖާދެއް ކަމަށްވާ އެއާޕޯޑްސް ޕްރޯ 3 ވަނީ ދައްކާލައިފައެވެ. އެއާޕޮޑްސް ޕްރޯ 3 ގައި ހިމެނޭ އެކްޓިވް ނޮއިސް ކެންސަލޭޝަން ސިސްޓަމަކީ އެއާޕޮޑްސް ޕްރޯ 1 އަށްވުރެ ހަތަރު ގުނަ ރަނގަޅު އަދި އެއާޕޮޑްސް ޕްރޯ 2 އަށްވުރެ ދެގުނަ ރަނގަޅު ސިސްޓަމެއް ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ. އިން-އިއާ ވައިރަލެސް ހެޑްފޯނުތަކުގެ ތެރެއިން މިއީ އެންމެ ރަނގަޅު ނޮއިސް – ކެންސަލޭޝަން ކަމަށް އެޕަލްއިން ބުނެފައިވެއެވެ. އެޕަލް އިންޓެލިޖެންސްގެ އެހީގައި ލައިވް ޓްރާންސްލޭޝަންގެ ޚިދުމަތް މިފަހަރުގެ އެއާޕޮޑްސްގައި ހިމެނެއެވެ. މީގެއިތުރަށް އަޑު އިވުމުގައި އުންދަގޫކަމެއް ހުންނަ ފަރާތްތަކަށްވެސް އެންމެ އެކްށީގެންވާ އެއް ޕްރޮޑަކްޓަށް ވެގެން ދާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.

ގިނ ބަޔަކު އިންތިޒާރު ކުރަމުން އައީ މިފަހަރުގެ އައިފޯނަށެވެ. އެގޮތުން އައިފޯން 16އީ، އައިފޯން 17، އައިފޯން 17 އެއަރ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް އަށް ވަނީ ތަފާތު ބަދަލުތަކެއް ގެނެފައެވެ. އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ފަސް ކުލައިންނެވެ. އެއީ ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.
އައިފޯން 17 ގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ކެމެރާއަށް ގެނެސްފައިވާއިރު، މި ފޯނުގައި 48 މެގާޕިކްސެލްގެ ފިއުޝަން އަލްޓްރާ ވައިޑް ކެމެރާއެއް ހިމެނެއެވެ. މީގެ އިތުރުން 12 މެގާޕިކްސެލްގެ 1އެކްސް މެކްރޯ ކެމެރާއަކާއި، 48 މެގާޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއެއްވެސް ހިމެނެއެވެ. ޓެލެފޯޓޯ ކެމެރާއަށް ބަލާއިރު، 12 މެގާޕިކްސެލްގެ 2x ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ. 48 މެގާޕިކްސެލްގެ ޑުއަލް-ފިއުޝަން ކެމެރާ ސިސްޓަމެއް (1x އަދި 2x) ވެސް މި ފޯނުގައި ހުރެއެވެ.

އައިފޯން 17 ގައި ”މުޅިދުވަހު ބެޓެރީ ލައިފް“ ހުރެއެވެ. މީގެ އިތުރުން، އައިފޯން 16އާ އަޅާބަލާއިރު އަށް ގަޑިއިރު އިތުރަށް ވީޑިއޯ ޕްލޭބެކް ކުރެވޭނެއެވެ. 10 މިނެޓުގެ ޗާޖަކުން 8 ގަޑިއިރު ވީޑިއޯ ޕްލޭބެކް ކުރެވޭނެ ކަމަށްވެސް އެޕަލްއިން ބުނެއެވެ. އައިފޯން 17 ގައި 6.3 އިންޗީގެ ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ހިމެނެއެވެ. އައިފޯން 17 ގައި ސެރެމިކް ޝީލްޑް 2 ހިމެނެއެވެ. މިއީ ކުރީގެ މޮޑެލްތަކަށްވުރެ ތިން ގުނަ ބޮޑަށް ސްކްރެޗްތަކުން ދިފާއުވާނެ އެއްޗެކެވެ. އަދި އެޕަލްއިން އާ ކޯޓިންއެއް ބޭނުންކޮށްފައިވާތީ، ދުވަހީ ބޭނުންތަކުގައި ލިބޭ ސްކްރެޗްތަކުން ފޯނު ރައްކާތެރިކޮށްދެއެވެ.

