ތަމްރީނު ލިބިފައިވާ ނިއޯނޭޓަލް ނަރުހުންގެ އަދަދު އަދިވެސް މަދުކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް އެފަދައިން ވިދާޅުވީ އަލަށް އުފަންވާ ކުދިންގެ ސިއްޙަތާ ގުޅޭ ނިއޯނޭޓަލް ނަރސަސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ހަލީމް ވިދާޅުވީ، ނިއޯނޭޓަލް ނަރުހުން އަދާކުރަމުންދަނީ ނުހަނު މުހިއްމު ދައުރެއް ކަމަށާއި، އަލަށް އުފަންވާ ނާޒުކު ތުއްތުކުދިންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް އެ ނަރުހުން އަދާކުރަނީ އަގު ނުކުރެވޭ ބޮޑު ޚިދުމަތެއް ކަމަށެވެ.
މީގެ އިތުރުން، މި ދާއިރާ ކުރިއަރުވައި ނަރުހުންގެ ފަންނީ ޤާބިލުކަން މިހާރަށްވުރެވެސް އިތުރު ކުރުން މުހިއްމުކަން ފާހަގަ ކުރައްވައި ހަލީމް ވިދާޅުވީ، މިފަދަ ކޮންފަރެންސްތަކުގެ ޒަރިއްޔާއިން އެ މަޤްސަދު ޙާސިލުވެގެންދާނެކަމަށެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންކަންވެސް ފާހަގަ ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ އައިޖީއެމްއެޗްގައި އެންއައިސީޔޫގެ 18 އެނދު އެބަހުރި ކަމަށާއި، ހުޅުމާލޭ ހޮސްޕިޓަލުގައި 14 އެނދު، އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 10 އެނދާއެކު، 42 އެނދު ޤާއިމު ކުރެވިފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައިވެސް ނިއޯނޭޓަލް ޚިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށް ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ރާއްޖޭގައި މި ފަރުވާ ފުޅާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، ތަމްރީނުގެ ފުރުސަތުތައްވެސް ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، މިފަދަ ކޮންފަރެންސްތަކާއެކު ފަރުވާ ދިނުމުގައި އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އަލަށް އުފަންވާ ކުދިން ދިރިހުރުމުގެ ނިސްބަތްވެސް އިތުރުވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، ތަމްރީނު ލިބިފައިވާ ނިއޯނޭޓަލް ނަރުހުންގެ އަދަދު އަދިވެސް މަދުކަން ހަލީމް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، ޤައުމުގެ އެކި ކަންކޮޅުތަކުގައި އެންއައިސީޔޫތައް ޤާއިމު ކުރަމުންދާއިރު މިކަންކަން ޙައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.
އެހެންނަމަވެސް، ތަމްރީނު ލިބިފައިވާ ނިއޯނޭޓަލް ނަރުހުންގެ އަދަދު އަދިވެސް މަދުކަން ފާހަގަ ކުރެވޭ، އަދި ނިއޯނޭޓަލް ނަރސިންގައި ސްޕެޝަލައިޒް ވެފައިވާ ނަރުހެއް ނެތުމަކީވެސް ގޮންޖެހުމެއް،
ހަލީމް ވަނީ ސިއްޙީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

