ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ުޖުޑިޝަރީއަށް ދައުލަތުގެ ބަޖެޓުން ބޮލޮކް ގަރާންޓު ދިނުމަށް ރައީސް ނިންމަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަރީގެ މާލީ އަދި އިދާރީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ބްލޮކް ގްރާންޓެއްގެ ގޮތުގައި ދޫކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު އެއް ކަމަކީ މާލީ މިނިވަންކަން ކަމަށާއި، މިކަން ހާސިލުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރެވޭނެއެވެ. މީގެ ސަބަބުން ޖުޑިޝަރީއަށް ފުރިހަމަ މާލީ ބާރު ލިބި، ޚަރަދުކުރުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި އައު ނިޒާމުގެ ދަށުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ މަތީ އަދަދެއް ކަމަށާއި، މިކަމަށް ބޭނުންވާ ޤާނޫނީ، ފަންނީ އަދި ނިޒާމީ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި ބަދަލަކީ ޖުޑިޝަރީގެ މިނިވަންކަން އިތުރަށް ހަރުދަނާކޮށް، ޝަރުޢީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: