ޝަރުއީ ދާއިރާއަށް ބަޖެޓުން ބްލޮކް ގްރާންޓެއް ދޫކުރުމަކީ ޝަރުއީ ކޯޓުތަކަށް އިދާރީގޮތުން ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ޑީޖީއޭއިން ބުނެފައިވަނީ ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުއީ ދާއިރާއަށް ކަނޑައަޅާއި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް ޝާއރުއީދާއިރާގެ ފުރިހަމަ މާލީ ބާރު ހިނގާނޭ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ރައީސް ނިންމާފައިވާ ކަމަށެވެ.
މިއީ ބަޖެޓުން ޝަރުއީ ދާއިރާއަށް ކނަޑައެޅޭ އިންސައްތައަކީ މިހާތަނަށް ޝަރުއީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓް ސީލިނގތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާ ގޮތަށް ކަނޑައެޅޭނެ އަދަދެއްކަމަށް ރައީސް ނިންމެވުމުން ޝުކުރު އަދާކުރައްވާ ކަމަށް ޑީޖީއޭއިން ވަނީ ބުނެފައެވެ.
މިއީ ޝަރުއީދާއިރާގެ ކުރިމަގަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމާއި، މި ކަމުގެ ސަބަބުން އަވަސްކަމާއި، ހަލުވިކަމާއިއެކު އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓުތަކަށް އިދާރީގޮތުން ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުުޔެއް ލިބިގެންދާނެ ކަމަށް ޑީޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.

