ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު އެކަނިވެސް ފޭކު ސެޓިފިކެޓުގެ 8 މައްސަލަ!

އެމްކިއުއޭގެ ސީއީއޯ ފިޒާނާ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ތެރޭގައި ފޭކު ސެޓިފިކެޓުތަކުގެ 8 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި އެއް ފަރާތަކުން ތަކުރާރުކޮށް އެފަދަ އަމަލުތައް ހިންގާ މައްސަލަވެސް ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ދޫކުރާ ސަނަދުތަކުގައި އެޓެސްޓޭޝަން ތައްގަނޑު ޖެހުމުގެ މަސައްކަތްތައް 2017 ވަނަ އަހަރުގެ ތެރޭގައި ހުއްޓާލާފައިވެއެވެ. މި މަސައްކަތް ހުއްޓާލާފައިވަނީ އެމްކިއުއޭއިން ޕްރޮގްރާމްތައް އެކްރެޑިޓްކުރުމަށްފަހު، އެ މިންގަނޑާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށްދޭތޯ ބެލުމަށް އޮޑިޓް މަސައްކަތްތަކެއް ކުރަމުންދާތީއެވެ.

”ފޭކު ސެޓިފިކެޓެއް އިދާރާއަކަށް ހުށައެޅުމުން ވެބްސައިޓު ބަލާލުމަށްފަހު އެއީ ރަނގަޅު ލިޔެކިއުމެއްކަން އެޗްއާރްގައި ތިއްބަވާ ބޭފުޅުންނަށް ސާފުނުކުރެވޭނެ،“ ފިޒާނާ ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރުގެ ތެރޭގައި މިކަމާ ގުޅިގެން ފިޔަވަޅު އެޅިގެންދިޔައިރު، ފޭކު ސެޓިފިކެޓުތަކުގެ ބޭނުން ހިފައިގެން ވަޒީފާތައް ލިބިގަނެފައިވާ ފަރާތްތައްވެސް ތިބިކަން ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރުން ފެށިގެން ފޭކު ސެޓިފިކެޓުތަކުގެ މައްސަލަތައް ފާހަގަކުރެވި ނޯޓުކުރެވިފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި 11 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ފާހަގަކުރެވިފައިވާ 8 މައްސަލައިގެ ތެރޭގައި ޑިގްރީތަކާއި މާސްޓާސް ފެންވަރުގެ ސަނަދުތައް ހިމެނެއެވެ. މީގެ ތެރޭގައި ގާނޫނީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ސަނަދުތައްވެސް ހިމެނެއެވެ.

މި މައްސަލަ ހައްލުކުރުމަށް އެމްކިއުއޭއިން ވަނީ އައު އުސޫލުތަކެއް ތައާރަފުކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޕޯޓަލް ނިޒާމެއް ގާއިމުކުރުމުން މި މައްސަލަ ހައްލުކުރުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމްކިއުއޭއިން އުންމީދުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: