ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޖީގެ ހުށަހެޅުންތަކަށް ވެސް ނޫސްވެރިންނަށް ކަންބޮޑުވުން ފޮނުވޭނެ: އަސްވާޑު

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)/ ފޮޓޯ: ޔޫތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާގައި، އެ ބިލަށް ގެނައުމަށް ބަންޑާރަނައިބުގެ އޮފީސް ހުށަހެޅި އިސްލާހުތަކުން ހައްލު އަންނާނެކަމަށާއި ބިލު ބޭރު ކުރުމަށް ގޮވާލުމުގެ ބަދަލުގައި ސީދާ ބަދަލު ކުރުމަށް ބޭނުންވާ ކަންކަން ހުށަހަޅައިދޭން އެދޭކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީންނެވެ.

ބިލަށް އޭޖީ އޮފީހުން ވެސް އިސްލާހު ފޮނުވި އިރު އެއީ، އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑުތައް ހަރުދަނާ ކުރުމާއި، މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް ބަދަލު ގެނައުން އަދި މީޑިއާގެ ފެންވަރާއި ނޫސްވެރިންނާމެދު ފިޔަވަޅު އެޅުމުގެ މާއްދާއަށް އިސްލާހު ހުށަހެޅުމެވެ.

މީގެއިތުރުން ބިލުގައި ހިމަނާފައި ހުރި ބައެއް ކަންކަން، އިތުރަށް ތަފްސީލު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

މި ބިލާއި ގުޅޭގޮތުން މިނިސްޓަރ އަސްވާޑު ފާހަގަކުރެއްވި ގޮތުގައި، ބިލު އޮތް ގޮތުން ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ލައިސަންސާ ގުޅޭ ކަންކަމެވެ. އެކަންކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ހައްލު ހޯދޭނެކަމުގެ ޔަގީންކަން މިނިސްޓަރ އަސްވާޑު ދެއްވިއެވެ.

މިނިސްޓަރ އަސްވާޑު ވިދާޅުވީ، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމާއި ގުޅޭ މާއްދާއް ނަގަން އޭޖީ އޮފީހުން ހުށަހަޅާފައިވާކަމަށާއި، ލައިސަންސާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލު އަންނާނެކަމަށެވެ. އެހެންކަމުން އޭޖީ އާންމު ކުރެއްވި ކަންކަމާއި އެކު ވެސް ކަންބޮޑުވުންތަކަށް ހައްލެއް ނާންނަމަ ނުވަތަ އެކަމަށް އެއްބަސް ނުވާނަމަ މަޝްވަރާކޮށް ހުށަހެޅުމަށް މިނިސްޓަރ އަސްވާޑު އެދިވަޑައިގަތެވެ.

އަސްވާޑު ވިދާޅުވީ މި ބިލު މަޖިލީހަށް ހުށަހެޅުމާއި އެކު ބައެއް ނޫސްވެރިންތައް އޭގައިވާ ކަންކަން ނުވެސް ކިޔައި އެހެން ނޫސްވެރިންނަށް ދޮގު މައުލޫމާތުތައް ދިން ކަމަށެވެ. އެހެންވެ އެ ނޫސްވެރިން ވެސް އޭގެ ސަބަބުން ހަގީގަތް ސާފު ނުވެ އޮތް އިރު މިހާރު ބައެއް ނޫސްވެރިންނަށް ކަންކަން ސާފުވީ ނަމަވެސް ފާޅުގައި އެ ވާހަކަ ދައްކަން ނުކެރޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކިން ބައްދަލުވެ ވާހަކަ ދައްކާ ނޫސްވެރިން ވެސް ކަންބޮޑުވުންތަކުގެ ވާހަކަތައް ދައްކާކަމަށެވެ.

އަސްވާޑު އިތުރަށް ވިދާޅުވީ، ނޫސްވެރިން ބިލު ”ބޭރުކުރާ“ ވާހަކަ ދެއްކުމުގެ ބަދަލުގައި، ގޯސްވަނީ ކޮންކޮން މާއްދާތަކެއްކަން ސާފުކޮށް ކިޔައިދިނުމަށް ެވެސް އެދޭކަމަށާއި އޭރުން ހައްލު ގެންނާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މި މަސައްކަތް ކުރިޔަށް ގެންގޮސް، ނޫސްވެރިން ބޭނުންވާ ގޮތަށް ނިމިގެން ދިއުމަށް ފަސޭހަވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބައެއް ނޫސްވެރިން ބިލު ނުކިޔާކަމަށް ފާހަގަކުރައްވައި އަސްވާޑު ވިދާޅުވީ ބައެއް ނޫސްވެރިން ނެގި މާއްދާއަކީ ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓް ކުރުމަށް ޓަކައި ޓީވީ ޗެނެލެއް ނުވަތަ އޮންލައިން މީޑިއާއެއް ނެހެދޭނެކަމަށް ބުނާތީ ކަމަށެވެ. އެހެންނަމަވެސް އަސްވާޑު ފާހަގަކުރެއްވި ގޮތުގައި، މި އުސޫލަކީ އަލަށް އައި ވާހަކައެއް ނޫނެވެ. އެގޮތުން މިއީ 2010 ވަނަ އަހަރު ފާސްކުރި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގާނޫނުގައި ވެސް މިހާރު ވެސް ލިޔެވިފައިވާ ގޮތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: