ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމުން، ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ބިލަށް ވޯޓު ނުދޭނެކަމަށް ބުނި ނަމަވެސް، ބިލު ދިރާސާކުރުމަށް ލިބުނު ދިގު މުއްދަތުގައިވެސް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

”މި ބިލުގެ ސަބަބުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު މިހާރު އޮތް މުއްދަތަށްވުރެ ކުރުވެގެންދާނެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތްވާނެ،“ ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީން މި ބިލަށް ތާއީދު ނުކުރަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އެ ޕާޓީގެ ތާއީދު ނެތީތީ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއަށް އިތުރު ދައުރެއް ލިބިއްޖެނަމަ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށާއި، ރައްޔިތުން ތިބޭނީ ”ކަނު އަނދިރީގައި ނުކައި ނުބޮއި ބަނޑަށް“ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުލައި 7 ގައި މަޖިލީހަށް ހުށަހެޅި މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގައެވެ. މީގެ ތެރޭގައި ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބަށް ގެންނަ އިސްލާހުތަކާއި، މަޖިލީހުގެ އުމުރާއި ރިޔާސީ ދައުރު އަދި ރައީސް އިންތިހާބުކުރާ ގޮތަށް ގެންނަ ބަދަލުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: