ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލަކީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ގެންގުޅޭ ރޭވުމުއް: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ބިލަކީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ރޭވިގެން އެޅޭ ފިޔަވަޅެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި މަޖިލީހުން މަސައްކަތްތަކެއް ކުރަމުންދާއިރު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މިއީ ޑިމޮކްރަސީގެ ސިފަތަކެއް ނޫން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ބައިނަލްއަގުވާމީގޮތުން ބަލައިގަނެފައިވާ ޑިމޮކްރެސީގެ ދުވަހުގައި މީޑިއާތައް ކޮންޓްރޯލްކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ބިލެއް ފާސްކުރުމަށްޓަކައި މަސައްކަތްކުރުމަކީ ހެއްވާ ކަމެއްގެ ގޮތުގައި ފެނިގެންދާކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ކަންބޮޑުވުންތަކުގެ އަޑުއުފުލުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ނޫސްވެރިންގެ އަޑު އެހުމަށްޓަކައި އިލްތިމާސް ކުރާކަމަށެވެ. އަދި އެ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބިލު ބޭރުކޮށްލުމަށް އެދޭކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރޭވިގެން މިނިވަން ނިޒާމުތައް ފުނޑުފުނޑުކޮށްލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖުޑިޝަރީގެ މައްޗަށްވެސް ބާރުވެރިވެގަނެފައިވާއިރު މަޖިލީހުގެ މައްޗަށްވެސް ބާރު ހިންގަމުންދަނީ ސަރުކާރުންކަމަށް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާލުވީ، މީޑިއާތައް ރެގިއުލޭޓްކުރުމަށް ހުށައެޅިފައިވާ ބިލަކީ އެ ރޭވުމުގެ ތެރެއިން ދެން އެޅުމަށް އޮތް ފިޔަވަޅުކަމަށާއި އެއީ މިނިވަންކަމާއިއެކު ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަތުމަށާއި ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން އެކުލަވާލި ބިލެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: