ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން އިތުރު ޖަލްސާއެއް މާދަމާ ވެސް ބާއްވަނީ!

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މާދަމާގެ ހެނދުނު 09:00 އަށް ތާވަލު ކުރި މި ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ތިންވަނަ ޖަލްސާ އެވެ.

ޖަލްސާ މާދަމާ އޮންނާނެކަމަށް އިއުލާނު ކުރި ނަމަވެސް، އެޖެންޑާ އާންމު ކުރާނެކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގަ އެވެ.

ދައުރުން ބޭރުން މިރޭ ބާއްވާ ޖަލްސާގެ ބޭނުމަކީ ބެލެވޭ ގޮތުގައި މިނިވަން މުވައްސަސާތާކާއި ބެހޭ ކޮމިޓީން މީޑިއާ ރެގިއުލޭޓު ކުރުމާއި ބެހޭ ބިލުގެ މަސައްކަތް ނިންމައި ތަޅުމުގައި ގޮތެއް ނިންމުމެވެ.

މަޖިލީހުގެ ކޮމިޓީގައި މިއަދު މަސައްކަތް ކުރީ ކޮމިޓިގެ މަސައްކަތް މެންދުރަށް ނިންމައި، 13:00 ގައި ވޯޓަށް އެހުމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އޭނާގެ އިތުރު ހުށަހެޅުންތަކެއް އެބަހުރިކަމަށް ބުނެ ފަހަރަކު މާއްދާއެއް ވިދާޅުވެ ކުދިކުދި ކަންކަން އުނި ކުރުމަށް ހުށަހަޅުއްވަމުން ގެންދެވި އެވެ.

ބައެއް މާއްދާތަކުގައި ލަފްޒުތައް ބޭނުންކޮށްފައި ހުރި ގޮތާއި، ލިޔެފައިވާ ގޮތް ހުށަހަޅަމުން ގެންދެވި އިރު އެ ކަންކަން ފައްޓަވަމުން ބިލުގެ ނަން ”ކޮންޓްރޯލް ބިލް“ އަށް ބަދަލު ކުރުމަށް ވެސް ހުށަހެޅި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާންމުންގެ ހިޔާލު ހޯދުމާއި ގުޅޭ ބިލު ވަނީ ފާސްކޮށްފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސަކު އައްޔަނު ކުރިއިރު ހިއުމަން ރައިޓްސް ކޮމިޝަނަށް ނައިބު ރައީސަކު އައްޔަނު ކުރުމަށް ވަނީ ބޭފުޅަކަށް ރުހުން ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: