ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުގެ އިސްލާހާއިއެކު މަޖިލިސް ކޮމިޓީ ހޫނުވެއްޖެ

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ ހޫނުވުން --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ ހޫނުވެއްޖެއެވެ.

ކޮމިޓީގައި ފުރަތަމަ އޮތީ ބިލަށް އިސްލާހު ހުށަހަޅަން ކޮމިޓީގެ މެންބަރުންނަށް ފުރުސަތު ދިނުމެވެ. އެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަަސީމް ވަނީ ބިލުގައި ހުރި ގިނަ މާއްދަތަކެއް އުނިކުރުމަށް ހުށައަޅާފައެވެ. އެގޮތުން އެ އިސްލާހުތަކަށް މެމްބަރަކު ތާއިދު ނުކުރެއްވުމުން ވޯޓަށް އަހާފައެއް ނުވެއެވެ.

އެއަށްފަހު ކޮމިޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ސަރުކާރުގެ މެމްބަރުން ގެނެސްފައިވާ އިސްލާހުތަކާއި އެއްގޮތަށް ފާސްކުރުމަށް ވޯޓަށް އައްސަވާފައެވެ. އެހެންނަމަވެސް ވޯޓަށް އެހުމާއިއެކު ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖު ކުރަން ވަނި ފަށާފައެވެ.

އެވަގުތު މީކާއިލް ވަނީ ކޮމިޓީއަށް ހުށައަޅާފައިވާ ޕެޓިޝަނަށް ރިއާޔަތް ނުކޮށް ވޯޓަށް ނުދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ނޫސްވެރިންނާއި އަދި އެމްޑީޕީގެ މެމްބަރުންގެ އިހުތިޖާޖުތައް ކުރިއަށް ގޮސް ކޮމިޓީ ހޫނުވުމާއި ގުޅިގެން ކޮމިޓީ ވަނީ ވަރަށް ބޮޑަށް ހޫނުވެ ކޮމިޓީ މެދުކަނޑާލާފައެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑީއޯތަކުން ފެންނަގޮތުގައި ކޮމިޓީ ހޫނުވެ މެމްބަރުން ވަނީ ކޮމިޓީގެ މައިކްތަކަށްވެސް ގެއްލުން ދީފައެވެ. ކޮމިޓީގައި އެމްޑީޕީގެ މެމްބަރުންނާއި ނޫސްވެރިން ގޮވަމުން ދިޔައީ ހުށައަޅާފައިވަނީ ކޮންޓްރޯލް ބިލެއް ކަމަށާއި އަދި އެބިލު ބޭރުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: