ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓް ކުރާ ބިލު އިސްލާހުތަކާއިއެކު ކޮމިޓީން ފާސްކޮށްފި

މީޑިއާ ރެގިއުލޭޓް ކުރާ ބިލު އިސްލާހުތަކާއިއެކު ކޮމިޓީން ފާސްކޮށްފި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު އިސްލާހުތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މީޑިއާ ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ކޮމިޓީން ފާސްްކުރީ އިއްތިފާގުންނެވެ. މި ކޮމިޓީގައި ފުރަތަމަ އޮތީ ބިލަށް އިސްލާހު ހުށަހަޅަން ކޮމިޓީގެ މެންބަރުންނަށް ފުރުސަތު ދިނުމެވެ. އެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަަސީމް ވަނީ ބިލުގައި ހުރި ގިނަ މާއްދަތަކެއް އުނިކުރުމަށް ހުށައަޅާފައެވެ. އެގޮތުން އެ އިސްލާހުތަކަށް މެމްބަރަކު ތާއިދު ނުކުރެއްވުމުން ވޯޓަށް އަހާފައެއް ނުވެއެވެ.

އެއަށްފަހު ކޮމިޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ސަރުކާރުގެ މެމްބަރުން ގެނެސްފައިވާ އިސްލާހުތަކާއި އެއްގޮތަށް ފާސްކުރުމަށް ވޯޓަށް އައްސަވާފައެވެ. އެހެންނަމަވެސް ވޯޓަށް އެހުމާއިއެކު ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖު ކުރަން ވަނި ފަށާފައެވެ.

އެވަގުތު މީކާއިލް ވަނީ ކޮމިޓީއަށް ހުށައަޅާފައިވާ ޕެޓިޝަނަށް ރިއާޔަތް ނުކޮށް ވޯޓަށް ނުދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ނޫސްވެރިންނާއި އަދި އެމްޑީޕީގެ މެމްބަރުންގެ އިހުތިޖާޖުތައް ކުރިއަށް ގޮސް ކޮމިޓީ ހޫނުވުމާއި ގުޅިގެން ކޮމިޓީ ވަނީ ވަރަށް ބޮޑަށް ހޫނުވެ ކޮމިޓީ މެދުކަނޑާލާފައެވެ.

މެދުކަނޑާލުމުގެ ކުރިއަށް ވޯޓަށް އަހާފައިވަނިކޮށް، ބިލު ފާސްކުރުމަށް މެމްބަރުން އަތް އުފުލާފައިވާކަން ކޮމިޓީގެ މުގައްރިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވާތީ އިއްތިފާގުން ބިލު ފާސްވީ ކަމަށް ރިޒާ ވިދާޅުވިއެވެ.

ބިލުގައި އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް މެމްބަރުންވެސް ފާހަގަކޮށް މީގެކުރިން ވަނީ މީޑިއާތަކަށާއި އަދި ކަމާއި ގުޅުންހުރި އެކި ފަރާތްތަކަށް ބިލަށް އިސްލާހު ހުށައެޅުމަށްވެސް ފުރުސަތު ދީފައެވެ. އެހެންނަމަވެސް ގިނަ ނޫސްވެރިންނާއި އަދި މީޑިއާތައް ގޮވާލީ ބިލު އަނބުރާ ގެންދިއުމަށެވެ. މި ބިލަކީ ”ކޮންޓްރޯލް ބިލެއްގެ“ ގޮތުގައި ގިނަ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމްވެސް ވަނީ އެކި ކަންކަން ފާހަގަކުރައްވާފައެވެ. ބިލު އާއްމުރައްޔިތުންނަށް ތަންފީޒު ނުވާނޭ ކަމަށާއި އަދި ކޮންޓެންޓު ކްރިއޭޓަރުންނަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: