ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ގާއިމުކުރުމަށް އެމްޕީއެލް އާއި އެލިއާއާ ދެމެދު އެއްބަސްވުމެއް!

ކުޅުދުއްފުށީގައި އެލިއާގެ ސާވިސް ސެންޓަރެއް އެޅުމާސް އެއްބަސް ވުމުގައި ސޮއި ކުރުން/ ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ ޕޯޓުގައި ޔަމަހާ ސާވިސް ސެންޓަރ ހެދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެލިއާ އިންވެސްޓްމަންޓު ދެމެދު މިއަދު ސޮއިކޮށްފި އެވެ.

މި މަސައްކަތް ކުރިޔަށް ގެންދިއުމާއި ގުޅޭ އެއްބަސްވުން ގާއިމުކުރުމަށް އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. އަދި އެލިއާގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަލާއު އަލީ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ރިޝްވާން ވިދާޅުވީ، މި އެގްރީމަންޓަކީ ވަރަށް ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.
އެމްޕީއެލްއަކީ ދިވެހިރާއްޖޭގައި ހުރި ހަމައެކަނި ޕޯޓުކަމަށްވާއިރު، މިއަދާ ހަމައަށްވެސް ޕޯޓުގައި ހަމައެކަނި ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި މުދާ ބޭރުކުރުންކަމަށް ރިޝްވާން ވިދާޅުވިއެވެ. ނަމަވެސް އެމްޕީއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ކަމަށާއި، ކުޅުދުއްފުށި، އައްޑޫ އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް ޕޯޓުތައް އިތުރުވަމުންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލޮޖިސްޓިކްގެ މަސައްކަތްތައް ފެށުމާއިއެކު، އެކު ވެސް މަސައްކަތް ފަސޭހަވެގެންދާނެކަމަށް ވިދާޅުވި އެވެ.

ރިޝްވާން އިތުރަށް ވިދާޅުވީ، އެމްޕީއެލްއަށް މިހާރުވެސް ޔަމަހާ އަދި އެހެން އައުޓްބޯޑު އިންޖީނު ބޭނުންކުރާ އުޅަނދުފަހަރު ޕައިލެޓް ބޯޓުތައް، ކޯޕަރޭޓް ބޯޓުތައް އަދި އެލްސީޓީ ހިމެނޭ ގޮތަށް އެބަ ހުރިކަމަށެވެ. މި އެމްއޯޔޫގެ ތެރެއިން، ކުޅުދުއްފުށީގައި ގާއިމުކުރާ ޑޮކްޔާޑާ އެއްކޮށް އިތުރު މަސައްކަތްތަކެއްގެ ދޮރު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ވެސް އަޅުގަނޑުމެން ވަނީ ޑޮކްޔާޑެއް އުފައްދައިގެން ވުޖޫދުކޮށްގެން މަސައްކަތްތަކެއް ފެށިފައި ތިލަފުށީގައި… އަދި އަޅުގަނޑުމެން ފުޅާކުރަން ބޭނުން ވަނީ އުތުރުގައި އަޅުގަނޑުމެންގެ މިއީ ހެދިފައި ހުރި މި އަލަށް ހެދޭ ޑޮކްޔާޑުގެ ތެރޭގައި މިބައިވެސް ހިމަނަން. މިއީ އަޅުގަނޑުމެންގެ ވިޔަފާރި ތެރެއިން މި ރެވެނިއު އިތުރުކުރުމަށްޓަކައި…

އުތުރުގައި އާރްޓީއެލްއާއި އެހެނިހެން އެތައް އުޅަނދުފަހަރެއް ހުރުމާއި، އަދި ރަށު ފެންވަރުގައި ވެސް ޔަމަހާ ނޫނީ އެހެން އައުޓްބޯޑު އިންޖީނު ބޭނުންކުރާ އެތައް ބަޔަކު ހުރުމުން، ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށް އެމްޕީއެލްއިން ބޭނުންވާކަމަށް ރިޝްވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ރައްޔިތުންނަށް ލުއިފަސޭހަ ރަނގަޅު ހިދުމަތްތަކެއް އެމްޕީއެލްގެ ފަރާތުން އެލިއާއާއި ގުޅިގެން ކޮށްދެވޭނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

މި އެގްރީމަންޓްގައި ސޮއިކުރުމަށްފަހު، އަމަލީ މަސައްކަތް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: