ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޓީއޭއާއެކު ޗައިނާއަށް އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިވެފައިވޭ: ސަފީރު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ- ފޮޓޯ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފްރީ ޓްރޭޑް އެގްރީމަންޓާއެކު ޗައިނާގެ ކުންފުނިތަކަށް އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ އަލިބާބާއާ ގުޅިގެން ސަރުކާރުން ބާއްވާ ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ. ސަފީރު ވިދާޅުވީ، މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝަރަފް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް އަލިއަޅުވާލައްވާ ސަފީރު ވިދާޅުވީ، އެ އެއްބަސްވުމާއެކު އެކި ދާއިރާތަކުން ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަދި 1 ޖެނުއަރީ 2025 ގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު، އެއީ ތާރީޚީ ކަމެއްގެ ގޮތުގައި ސަފީރު ވަނީ ސިފަ ކުރައްވާފައެވެ.

ސަފީރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ޗައިނާގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން ފަސޭހަ ގޮތްތަކެއް ފަހިވެފައިވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރާއްޖެއިން އެކި ދާއިރާތަކުން ކުރިއަރައިގެން ދިއުމުގެ މަގުފަހިވާނެކަންވެސް ސަފީރު ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި މެރިން ކަލްޗަރ، މަސް ޕްރޮސެސްކުރުން، އިޔާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިކޮނޮމީ، ޒަމާނީ ދަނޑުވެރިކަން، އަދި ޓެކްނޮލޮޖީއާއި މި ނޫންވެސް އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝީ ޖިންޕިންއާއި އެކު ބައްދަލު ކުރައްވައި ދެކެވުނު ވާހަކައިގައި ރާއްޖެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ވިޔަފާރި އިންވެސްޓްމަންޓުގެ ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްގީ ގެނައުމަށް ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އެމްއޯޔޫތަކުގައި ސޮއި ކުރެވިގެން ގޮސްފައިވެއެވެ.

އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި 90 އިންސައްތައާއި ހަމައަށް ރާއްޖެ އެތެރެ ކުރާ ޗައިނާގެ ގިނަ ބާވަތްތަކުގެ މުދަލުން ޑިއުޓީ މައާފުވާނެކަމަށާއި، މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެކު، ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް މިނިސްޓަރ މުޙައްމަދު ސައީދުވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014، ޑިސެމްބަރުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި އެއްބަސްވުމަށް ރުހުންދީފައި ވަނީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިން ބަދަލުވުމުގެ ކުރިޔަށް އޮތް މަޖިލީހުންނެވެ. އޭގެ ފަހުން އެމްޑީޕީގެ ވެރިން އުފެދި އެއްބަސްވުން މުރާޖައާ ކުރަމުންދާކަމަށް ބުނެ، އެއްބަސްވުމަށް އަމަލުކޮށްފައި ނުވެއެވެ.

މި އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ މި އަހަރުގެ  ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: