ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުހާ ޕޭޖް ބްލޮކް ކޮށްފި، އެހެން ޕޭޖެއްގެ މައްސަލަ ބަލަނީ!

ފޭސްބްކްގައި އިސްލާމްދީނަށް ފުއްރައްސާރަ ކުރަމުން ދިޔަ ޖުހާ ޕޭޖް ވަނީ ބްލޮކް ކޮށްފަ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް ފުރައްސާރަކޮށް ތަފާތު އެކި ޕޯސްޓުތައް ފޭސްބުކްގައި ކުރަމުންދިޔަ ”ޖުހާ“ ޕޭޖް ބްލޮކް އެހެން ޕޭޖެއްގެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިޔާ ޒާހިރު ވިދާޅުވީ  ”ޖުހާ“ ޕޭޖްގެ އިތުރުން، އިސްލާމްދީނަށް ފުރައްސާރަ ކުރާ އިތުރު އެހެން ޕޭޖެއް ވެސް ބޮލޮކް ކޮށްދޭން ފޭސްބުކްގައި އެދިފައިވާނެ ކަމަށާއި، ”ޖުހާ“ ޕޭޖާއެކު އެ ޕޭޖްތަކުގެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ. އަދި ޖުހާ ޕޭޖް ބޮލޮކް ކޮށްދޭން ފުލުހުން އެދުމުން އެ ޕޭޖް ބްލޮކް ކުރުމަށްފަހު އެ އިދާރާއަށް ފޭސްބުކުން އަންގާފައިވާ ކަމަށް އިޒްމިޔާ ވިދާޅުވިއެވެ.

ދީނަށް ފުރައްސާރަ ކުރަމުންދިޔަ ފޭސްބުކް ޕޭޖެއް ބްލޮކް ކޮށްފައިވާއިރު މީގެކުރިންވެސް މިފަދަ އެތައް ޕޭޖެއް ފުލުހުން ވަނީ ފޭސްބުކްގައި އެދިގެން ބްލޮކް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: