ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް ސާވިސް ތަމްރީނުގައި ބައިވެރިވާ ޒުވާނުންނަށް ރައީސްގެ ހެޔޮ އެދުމާއި މަރުހަބާ!

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން ޖާގަ ލިބުނު ބައިވެރިއެއް އާއިލާއާ ސަލާމް ކުރަނީ-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ޕްރޮގްރާމް ހިންގުމުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫޙާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސްގެ ފުރަތަމަ ބުރުގެ ތަމްރީނަށް މިއަދު 343 ޒުވާނަކު ވަނީ ފުރާފަ އެވެ. މި ހިދުމަތަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1،242 ޒުވާނަކު ވަނީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާފަ އެވެ.

ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު ޒުވާނުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 107 ރަށަކުން އުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން، އަދި 279 ފިރިހެން ޒުވާނުންނެވެ. މި ޒުވާނުން ގައުމީ ޚިދުމަތުގެ ތަމްރީނުތަކަށް ފުރާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ތަމްރީނަށް ފުރި ޒުވާނުންނާއި އާއިލާތަކަށް މަރުހަބާގެ މެސެޖެއް އާންމު ކުރައްވައި ރައީސް މުއިއްޒު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. ވަތަނީ ހިދުމަތުގެ އެންމެ ބޮޑު މަގްސަދެއްކަމަށް ރައީސް ވިދާޅުވީ، ޒުވާނުންނަކީ ގައުމީ ރޫހު އާލާވެފައިވާ، އިސްލާމީ އަހުލާގަށް ލޯބިކުރާ، ގައުމަށް ދިމާވާ ކާރިސާތަކުގައި ސާބިތުކަމާއެކު ހިދުމަތް ކުރާނެ ބައެއްގެ ގޮތުގައި ބިނާކުރުމެވެ.

ރައީސްގެ މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ޕްރޮގްރާމުގެ އިތުރު ބައެއް މަގްސަދުތައް ވެސް ހިމަނުއްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްގީ ކުރުން ވެސް ވަތަނީ ހިދުމަތުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އަދި ވިދާޅުވީ ވަތަނީ ހިދުމަތުގެ ތެރެއިން ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުމަކީ ވެސް މައިގަނޑު އެއް މަގުސަދެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ހިދުމަތުން ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރެވޭނެއެވެ. އަދި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ޒުވާނުން ބައްޓަންކުރުމަށް ވެސް މި ހިދުމަތުން މަގުފަހިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމަށް ވެސް ޕްރޮގްރާމުގެ ތެރޭގައި އިސްކަން ދެވޭނެކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: