ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަށް އައިހާ އެއްޗެއް ތެދުދޮގު ނުބަލައި ލިޔެވިގެން ނުވާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިތަށް އަންނަ ކޮންމެ އެއްޗެއް ތެދުދޮގު ބެލުމެއްނެތި، އަދި އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލައި ލިއުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމަށް އިސްލާމް ދީނުގައިވެސް ގޮވާލާފައިވާ ކަމަށާއި، އިސްލާމް ދީން ފޮނުއްވި މައިގަނޑު 5 ކަމެއްގެ ތެރޭގައިވެސް އަބުރު ރައްކާތެރިކުރުން ހިމެނޭކަމަށެވެ.

އެހެންކަމުން ކޮންމެ މީހަކީވެސް އަބުރަކާއި ކަރާމާތެއް އަދި އިއްޒަތެއް ލިބިގެންވާ މީހެއްކަމަށް ކަނޑައަޅާފައިވަނީ އިލާހީ ޤާނޫނުންކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ އިއްޒަތެއް ލިބިގެންވާ އަބުރެއް ލިބިގެންވާ ފަރާތެއްކަން އަޅުގަނޑެއްނޫން ކަނޑައެޅީކީ. ޝަކީބެއްނޫން ކަނޑައެޅީކީ. މަތިން ﷲ އެކަން ކަނޑައެޅުއްވީ

ކަން އެހެން އޮތްއިރު، އަބުރު ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އަނެކާގެ ޒިންމާއެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ ބަހުސެއްވެސް އޮތް ކަމެއް ނޫނެވެ.

ވަކިން ޚާއްސަކޮށް ރާއްޖެ ފަދަ 100 އިންސައްތަ އިސްލާމީ ޤައުމެއްގައި އެކަންކަން ހިނގަންވާނީވެސް އެހެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށާއި އެ ވާހަކަތައް ދައްކަންވާނީ ތެދު ހަގީގަތާ އެއްގޮތަށް ކަމަށެވެ. އަދި އެ ބީދައިން ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް އުފެއްދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުރިހާ ފަރާތްތަކުންވެސް އެކަން ކުރުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ހިތަށް އަންނަ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި އަދި އެކަންކަމުގެ ހަގީގަތެއްވެސް ބެލުމެއްނެތި އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ތެދު ހަގީގަތެއް ނެތް ދޮގުވާހަކަތައް ފެތުރުން އެއީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، ތެދު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށް ބާރު އެޅުމުގެ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދާދި ފަހުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެއީ ހިޔާލު ފާޅު ކުރުމަށް ހުރަސްއެޅޭ ބިލެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: