ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާސެލޯސް ކައިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބާސެލޯ ނަސަންދުރާ ކައިރީގައި ރޯވި އަލިފާންގަނޑު ސިފައިން ނިއްވާލައިފިއެވެ.

ސިފައިން މައުލޫމާތު ދިން ގޮތުގައި، ބާސެލޯސްގައި ރޯވެފައިވަނީ އެތަނުގެ އިރުމަތިން އެއްކޮށްފައިހުރި ކުނިތަކެއްގައެވެ. އެހެންނަމަވެސް މިހާރު އަލިފާންގަނޑު ނިއްވާލައިފައިވާއިރު، އެއްވެސް މީޙަކަށް ގެއްލުންވެފައި ނުވާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

ބާސެލޯ ހުޅޫވާފައިވަނީ މި އަހަރުގެ މެއި މަުގެ 20 ވަނަ ދުވަހުއެވެ. ބާސެލޯ ނަސަންދުރާ ހޮޓެލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓެލެކެވެ. އަދި މި ހޮޓެލުގައި ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ވެސް ދެވޭނެގޮތަށް ވަނީ ތައްޔާރުކޮށްފައެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި އެ ބޮޑު ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެއެވެ. އެ އެޕާޓްމަންޓްތައް ދުވަހަށް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ.

އެ ހޮޓަލުގައި ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ސްޕާއަކާއި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ހުރެއެވެ. ”ބާސެލޯ ނަސަންދުރާ“ ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގާ ބާސެލޯ ގްރޫޕުން ރާއްޖޭގައި ހިންގާ މިއީ ދެވަނަ ތަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: