ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ފެންނަނީ މިދިޔަ 15 އަހަރު ތެރޭގައި އައި ހެޔޮ ބަދަލުތައް ފަހަތައް ދާ ތަން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް | ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފެންނަނީ މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ގައުމަށް އައި ހެޔޮ ބަދަލުތައް އެއްކޮށް ފަހަތައް ދާ ތަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން، ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން މީޑިއާ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ ދޫތައް ބަންދުކުރުމަށް ބިލެއް ފާސްކޮށްފައިވެއެވެ. މި ބިލާ ދެކޮޅަށް ބައިނަލްއަގުވާމީ އެކި ފަރާތްތަކާއި، މުވައްސަސާތަކާއި، އެންޖީއޯތަކާއި، ބާ ކައުންސިލް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ އެތައް ތަނަކުން ބަޔާން ނެރެފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މި ބިލު ފާސްކޮށްފައިވަނީ ނޫސްވެރިންނާއި އެމްޑީޕީން މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންދަނިކޮށެވެ. ”ދައުލަތުގެ ހުރިހާ މުވައްސަސާތައް ލޫޓުވައިލައިފި. މުޅި ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް މިދަނީ ގަޑުބަޑުކޮށްލާ މާ ފަހަތަށް މި ގައުމު ޖައްސާލަމުން،“ އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ ކެރި ފޯރުންތެރިކަން ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. އަދި ރާއްޖޭގެ މާލިއްޔަތު އެއްކޮށް ލޫޓުވާލާ ނިމިގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަމާ އިދިކޮޅަށް އޮތީ ހަމައެކަނި ބަސް ބުނުމުގެ މިނިވަންކަން ކަމަށާއި، އެހެންނަމަވެސް އެކަންކަން ލިޔެފާނެތީ މީޑިއާ ރެގިއުލޭޝަން ބިލު ފާސްކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ރައްޔިތުންނަކީ އެއްވެސް ކަހަލا ބުއްދިއެއް ނެތް ބައެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: