ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ޗެނަލް ސަރަހައްދުގެ މޫދުގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން ދެން މަނާވާނެ!

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް: އެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ޗެނަލް ސަރަހައްދުގެ މޫދުގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ބުނީ، ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މޫދަށް އެރި މުނިފޫހިފިލުވަން އެ ސަރަހައްދެއްކަމަށެވެ. އެހެންކަމުން، ންޖީނުލީ އުޅަނދު އެ ޗެނަލުގައި ދުއްވުން މަނާކުރަން ނިންމީ، މޫދަށް އެރި އުޅޭ މީހުންގެ ރައްކާތެރިކަމަށާއި، މުރަކަ އިންދުމުގެ މަސައްކަތަށް ދަތިވާތީކަމަށް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން ވަނީ މިއަދު އެކަން މަނާކުރާނެކަން މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއުލާންކޮށްފައެވެ.

މިއީ ވޯޓާސްޕޯޓްސް ހަރަކާތްތައްވެސް ހިންގާ ސަރަހަދެއްކަމަށްވާއިރު، ޖެޓްސްކީ، ބަނާނާ ރައިޑްފަދަ ކަންކަންވެސް އެ ތަނުގައި ކުރިއަށްދެއެވެ.

އެޗްޑީސީއިން މިހާރު އެ ސަރަހައްދުގައި ކުރިއަށް ގެންދާ މަސައްކަތަކީ ގަސް އިންދުމުގެ މަސައްކަތެވެ.

މި ތަނުގެ ފުން މިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުރެއެވެ. މި ސަރަޙައްދަކީ މޫދަށް އެރުމާއި މަސްބޭނުމާއި އެކިކަހަލަ އެކްސްކާޝަން ހަރަކާތްތަކަށް ބޭނުންކުރާ ސަރަހައްދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: