ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ގާނޫނު ގެނައުމުން ފުރައްސާރައާއި ކުރިމަތިވި، އޭގެ ފައިދާ އަދި ފެންނާނެ: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހުން ވުޖޫދު ކުރި ގާނޫނުތަކާއި، ބައެއް އިސްލާހުތަކުގެ ސަބަބުން ފުރައްސާރައާއި ފާޑުކިއުން އަމާޒުވީ ނަމަވެސް އޭގެ ސަބަބުން ގައުމަށް ކުރި ފައިދާ ރައްޔިތުންނަށް އަދި ފެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޖަލްސާގައި ނާޒިމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު، ގައުމު އޮތީ އިގްތިސާދީ ގޮތުން ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ކަންކަމުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އެޅިއިރު ދޮޅު އަހަރުގެ ތެރޭގައި އޭގެ ނަތީޖާ ފެންނަން ފަށާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރުން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން އެއްވެސް ސަރުކާރަކު ވިސްނާފައި ނުވާ ކަންތައް ކަމަށެވެ. އެއީ އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ބެލި ނަމަވެސް އެތައް ހައްލެއް ބޭނުންވެފައި ހުރި ކަންކަމުގެ ގޮތުގައި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑުވެފައި އޮތް އިޖްތިމާއީ މައްސަލައަކީ ބިދޭސީންގެ އަދަދު ދެނެގަނެ އެ މައްސަލަ ހައްލު ކުރުންކަމަށެވެ. އެގޮތުން ސަރުކާރުން މިިހާތަނަށް ކުރި މަސައްކަތްތަކުން، މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހޯދިފައި ނުވާ މިންވަރުގެ ހައްލު ގެނެސްދެވިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ގެނައި ގާނޫނާއި، މީޑިއާގެ ގާނޫނަކީ ވެސް މުހިންމު މަސައްކަތްތައްކަމުގައި ދެކޭ ކަމަށެވެ.

މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް އޮތް އިރު، ނާޒިމް ވިދާޅުވީ ނިންމަމުން ދަނީ ފަސޭހަ ނިންމުންތަކެއް ނޫން ކަމަށެވެ.

އާދެ ފަސޭހަ ނިންމުންތަކެއް ނޫން… ވަރަށް ފުރައްސާރަކޮށް އެކި ގޮތްގޮތަށް އަޅުގަނޑުމެންނަށް ހަމަލާތައް އަންނަ ނިންމުންތައް.. މަގުބޫލު ނުވެދާނެ.. ޑޮލަރުގެ ކަންތައްތައް ވެސް ޑްރަގާއި ބެހޭ ނިންމުންތައް ވެސް.. އަދި ދާދިފަހުން މީޑިއާއާއި ގުޅޭގޮތުން އަޅުގަނޑުމެން މި ނިންމި ނިންމުން ވެސް.. އެހެން ނަމަވެސް އެއީ މުޖްތަމައުއެއްގެ ގޮތުގައި ދެމިއޮތުމަށް ނިންމަން ޖެހޭ މުހިންމު ނިންމުންތަކެއް.. ކުރިޔަށް އޮތްތަނުގައި އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްކަން އެނގިގެންދާނެ..

ނާޒިމް ވިދާޅުވީ ސަރުކާރުން ގެންނަމުން ދަނީ ރައްޔިތުން އެދޭ ބަދަލާއި ތަރައްގީ ކަަށެވެ. އަދި ގާނޫނަށް މިފަހުން ގެނެވުނު ބައެއް ބަދަލުތަކާއި އެކު ސަރުކާރަށް ހިތްހަމަނުޖެހުމާއި ފުރައްސާރަ ކުރިމަތީވީ ނަމަވެސް މިއީ ގައުމަށް އެހާމެ ފައިދާ ހުރި ނިންމުންތަކެއްކަން ރައްޔިތުންނަށް އެނގިގެންދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: