ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ވަނަ އަހަރު ހަނިމާދޫ ކައުންސިލުން މާލީ މަސައްކަތްތަކުގައި އިހުމާލުތައް ފާހަގަކުރެވިފައިވޭ: އޮޑިޓު

ހދ. ހަނިމާދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫ ކައުންސިލުގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. މި އޮޑިޓުން ފާހަގަކުރެވުނު އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ކައުންސިލަށް ލިބުނު ފައިސާގެ ރެކޯޑުތަކާއި ޚަރަދުތަކުގެ ހިސާބުތައް ދިމާނުވުން ހިމެނެއެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި 16.91 މިލިއަން ރުފިޔާ ބަޔާނުގައި ހިމަނާފައިވާއިރު، ވިޔަ މޮޑިއުލްއިން ދައްކާ އަދަދަކީ 3.03 މިލިއަން ރުފިޔާއެވެ. މި ދެ އަދަދުގެ ދެމެދުގައި 13.88 މިލިއަން ރުފިޔާގެ ބޮޑު ތަފާތެއް ވާކަން ފާހަގަކުރެވިފައިވެއެވެ.

ހަމައެހެންމެ، ޚަރަދުތަކުގެ ހިސާބުތަކުގައިވެސް ފާހަގަކުރެވޭ ތަފާތުތަކެއް ހުރިކަން އޮޑިޓުން ދައްކައެވެ. މާލީ ބަޔާނުގައި 14.68 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް ދައްކާއިރު، ވިޔަ މޮޑިއުލްއިން ދައްކަނީ 13.71 މިލިއަން ރުފިޔާގެ ޚަރަދެވެ. މި ދެ އަދަދުގެ ދެމެދުގައި 974,084 ރުފިޔާގެ ތަފާތެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެއިތުރުން، ކައުންސިލުން ދެ ޓަނުގެ ލޮރީއަކާއި ބެޓަރީ ޓްރައިސިކަލްތަކެއް ގަތުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކައުންސިލުން ހުޅުވާފައިވާ ޚައިރާތު ފޮށްޓަށް ލިބުނު ފައިސާގެ ތަފްސީލުތައް ރަނގަޅަށް ބަލަހައްޓާފައިނުވާކަމާއި، އެ ފައިސާ ޙައްޤުވެރިންނާ ހަމައަށް ރައްދުކޮށްފައިނުވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

މި އޮޑިޓުން ފާހަގަކުރެވުނު މައްސަލަތަކުގެ ސަބަބުން، ކައުންސިލުގެ މާލީ ހިސާބުތަކުގެ ސައްޙަކަން ކަށަވަރުކުރެވެން ނެތްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. އަދި މި މައްސަލަތައް އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލަށް އަންގާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: