ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އޮތީ ޑޮލަރު އޭޓީއެމް ގާއިމު ކުރުން؛ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކާއި، ސިޓީތައް ހިމެނޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ހިމެނޭ ގޮތަށް މުއާމަލާތުގެ ހިދުމަތް ފަސޭހަ ކުރުމަށް އިތުރު 40 ރަށެއްގައި ޑޮލަރު އޭޓީއެމް ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބި، ކުދި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެންމެ ބޮޑަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ބައެއް ރަށްތަކާއި، ބައެއް ސިޓީތަކުގައި ޑޮލަރު އޭޓީއެމް ގާއިމުކުރައްވާނެ ކަމަށެވެ. ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ވައުދުވީ މަދު ރަށެއްގައި ނަމަވެސް މި ހިދުމަތް ބޭނުންވެފައިވާ ގިނަ ރަށްތައް އެބަހުރިކަމަށް ރައީސް ވިދާޅުވި އެވެ.

ދެން މި ކުރާކަމަކީ ޑޮލަރު އޭޓީއެމް ބަހައްޓަނީ.. އަޅުގަނޑު ވައުދުވީ ވަރަށް މަދު ރަށެއްގައި ފުރަތަމަ.. އެއީ އެންމެ ބޮޑަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ބައެއް ރަށްތަކާއި، ބައެއް ސިޓީތައް.. ދެން އެތަންތާގައި މިހާރު ބެހެއްޓިއްޖެ.. މިއީ ވަރަށް މުހިންމުކަމެއް.. ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގައިއާއި، ކުދި ވިޔަފާރިތައް… ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި ކުރިޔަށް ދާން ބޭނުންވާ ފަރާތްތައް.. މިކަމަށް ވަރަށް ގިނަ ލޯކަލް ޓުރިޒަމް ކުރިއަރާފައިވާ ރަށްތަކުން އެދޭ.. އެ ވިޔަފާރިތަކަށާއި ބޭންކިން ނިޒާމަށާއި، މި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ފަސޭހަ ވެގެންދޭ

އެހެންވެ އެ ސިޔާސަތު އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހަތް އާބަން ސެންޓަރުގެ ތެރެއިން އަދި ސިޓީތަކުގެ އިތުރުން ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ ތަރުތީބުން ރަށްތައް ނަގައިގެން ޖުމްލަ 40 ރަށުގައި އިތުރު ޑޮލަރު އޭޓީއެމް ސަރުކާރުން ބަހައްޓާނެކަމަށް އެމަނުކުފާނު އިއުލާނު ކުރެއްވި އެވެ.

މިކަމުގެ ސަބަބުން ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ މިކަމުގެ ސަބަބުން ބޮޑެތި އެހީތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި ހިދުމަތްތައް ފުޅާކުރުމަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުން ހުށަހަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިގޮތަށް މަސައްކަތް ކުރަނީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ހުޅުވާލުމަށެވެ.

ޑޮލަރު އޭޓީއެމް ގާއިމު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: